ads
އިމްރާން ހާޝްމީ އާއި ކްރިސްޓަލް--
ޖީވިކާ ބޮލީވުޑަށް، ފުރަތަމަ ފިލްމު އިމްރާން ހާޝްމީ އާއެކު
ދެހާސް އެގާރަވަނަ އަހަރު ސްޓާޕްލަސް އިން ދެއްކި ޝޯ" އޭކް ހަޒާރޯމޭ މޭރީ ނެހެނާ ހޭ" އިން ޖީވިކާގެ ރޯލުން ފެނިގެން ދިޔަ ކްރިސްޓަލް ޑި ސޫޒް ބޮލީވުޑަށް ތައާރަފްވާ ފިލްމުގައި އޭނާ އާއެކު ފެނިގެން ދާނީ އިމްރާން ހާޝްމީ އެވެ.
ދެހާސް އެގާރަވަނަ އަހަރު ސްޓާޕްލަސް އިން ދެއްކި ޝޯ" އޭކް ހަޒާރޯމޭ މޭރީ ނެހެނާ ހޭ" އިން ޖީވިކާގެ ރޯލުން ފެނިގެން ދިޔަ ކްރިސްޓަލް ޑި ސޫޒް ބޮލީވުޑަށް ތައާރަފްވާ ފިލްމުގައި އޭނާ އާއެކު ފެނިގެން ދާނީ އިމްރާން ހާޝްމީ އެވެ.

އަމީތާބު ބައްޗަނާއި އިމްރާން ހާޝްމީ ލީޑު ރޯލުން ފެނިގެންދާ "ޗެހްރޭ" ނަމަކަށް ކިޔާ އެ ފިލްމުގައި މީގެ ކުރިން އަންހެން ލީޑު ރޯލު ކުޅުމަށް ހަމަޖެހިފައި ވަނީ ކްރިތީ ކަރްބަންޑާ އެވެ. ނަމަވެސް އޭނާ އެ ފިލްމު ދޫކޮށްލުމާ ގުޅިގެން އެ ފުރުސަތު ކްރިސްޓަލްއަށް ވަނީ ލިބިފަ އެވެ.

އެ ހަބަރު އިންސްޓަގުރާމު މެދުވެރިކޮށް ކްރިސްޓަލް ހިއްސާކޮށްފައި ވާއިރު އޭނާ ބުނީ އެ ފިލްމުން ބޮލީވުޑަށް ތައާރަފްވާން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވީ ކަމަށް ވެސް ކްރިސްޓަލް ވަނީ ބުނެފަ އެވެ.

ކްރިސްޓަލް ބުނީ އޭނާގެ ފުރަތަމަ މަސައްކަތް ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެ ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ކްރިސްޓަލް ވަނީ ގިނަ ޓީވީ ޝޯތަކުގައި މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާ ފެނިގެން ދިޔަ ބައެއް ޝޯތަކުގެ ތެރޭގައި "ބޭލަން ވާލީ ބަހޫ" އާއި "އެކް ނައީ ޕެހެޗާން" އަދި "ބަތު ހަމާރީ ޕައްކީ ހޭ" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް