ads
ޑރ. ނަޒްލާ ރަފީގް--
މާދަމާއިން ފެށިގެން ސާމްޕަލް ނަގާކަށް ގެއަކަށް ނުދާނެ
މާދަމާ އިން ފެށިގެން ކަރަންޓީން ނިމުމުން ނަގަން ޖެހޭ ސާމްޕަލް ނެގުމުގެ ކަންކަން ކުރުމަށް ކަރަންޓީނުގައި ތިބޭ މީހުންގެ ގޭގެއަށް ނުދާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ވިދާޅުވީ މާދަމާއިން ފެށިގެން މާލޭގައި ކަރަންޓީންގައި ތިބި މީހުންގެ ކަރަންޓީން މުއްދަތު ހަމަވުމުން ނަގާ ރިލީޒް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ މާފަންނު މަދުރަސާގައި ކަމަށެވެ. އަދި ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ގޭގެއަށް އާރް.އާރް.ޓީގެ މެންބަރުން ގޮސް މިހާރު ނަގަމުން އަންނަ ގޮތަށް ސާމްޕަލް ނެނގުމުގެ މަސައްކަތް ނުކުރާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"މިހާރު އައީ މީހުންގެ ސާމްޕަލް އެމީހުން އުޅޭ ތަނަކަށް ގޮސްފައި ސާމްޕަލް ނަގަމުން. މިހާރު މާދަމާ، މާފަންނު މަދަރުސާގައި ރިލީޒް ސާމްޕަލް ނަގަން އަންނަންވީމަ ފޮނުވާނެ މެސެޖް އެމީހުންނަށް. އެކަމަކު ބަލީގެ އަލާމަތް ހުންނަ މީޙުންނާއި ބަލި މީހުން ކައިރިއަށް ޓީމު ދާނެ ސާމްޕަލް ނަގަން. ހުޅުމާލޭގައި ވެސް ވަކި ޕޮއިންޓެއް ހަދަން ދަނީ މަސައްކަތް ކުރަމުން." ނަޒްލާ ވިދާޅުވިއެވެ.

ކަރަންޓީންގެ މުއްދަތު ހަމަވެ، ދޫކޮށްލުމުގެ ކުރިން ނެގޭ ރިލީޒް ސާމްޕަލް ނެގުމަށް މާދަމާއިން ފެށިގެން ބަދަލުތަކެއް ގެންނައިރު، ސާމްޕަލް ނަގަން ކަރަންޓީނުގެ މުއްދަތު ހަމަވުމުން ގުޅާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ބަލިމީހެއް ނަމަ ނުވަތަ އުމުރުން ދުވަސްވީ މީހެއް ނަމަ އެމީހެއްގެ ސާމްޕަލް ނަގަން ގެއަށް އާރް.އާރް.ޓީ ޓީމުން ދާނެ ކަމަށްވެސް ޑރ ނަޒްލާ ވިދާޅުވިއެވެ.

އިއްޔަ ހެނދުނު 6:00 އިން މިއަދު ހެނދުނު 6:00 އަށް ޕޮޒިޓިވްވީ 50 މީހުންނެވެ. އެމީހުންގެ ތެރޭގައި 34 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް