ads
ބަކަރިއެއް
އިންޑިއާގައި މާސްކް ނޭޅި ބަކަށްޓެއް "ހައްޔަރުކޮށްފި"!
އިންޑިއާގެ ސިޓީއެއް ކަމަށްވާ ކަންޕުރްގައި މާސްކް ނާޅާ އުޅުނު ބަކައްޓެއް ހައްޔަރުކޮށްފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ހިނގި އެ ހާދިސާގައި އެ ސަރަހައްދުގެ ފުލުހުން ވަނީ "މާސްކް" ނާޅާއި މަގުމަތީގައި އުޅުނު ބަކަރި ފެނުމުން ފުލުހުންގެ އިދާރާއަށް ގެންގޮސްފަ އެވެ. އެ ބަކަރި ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބުމާއެކު އެ ބަކަރީގެ ވެރިމީހާ ވަނީ އަވަހަށް ސްޓޭޝަނަށް ގޮސްފައެވެ.

ބަކަރި ދޫކުރުމަށް ފުލުހުން ކައިރީގައި ކުރި އެތައް އާދޭސްތަކަކާއި އެކު ބަކަރި އޭގެ ވެރިމީހާއާއި ހަވާލުކުރުމަށް ފުލުހުން ނިންމި އެވެ. އަދި މަގުމަތީގައި ބަކަރި އުޅުނަ ނުދިނުމަށް އޭގެ ވެރިމީހާއަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.

އެކަމާއި ގުޅޭގޮތުން އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންގެ އިސްވެރިއަކު ވިދާޅުވީ ބަކަރިއާއި އެކު މާސްކް ނާޅާ ހުރި ޒުވާނެއް ފުލުހުންނަށް ފެނުން ކަމަށާއި އަދި ފުލުހުން ފެނުމާއެކު ބަކަރި ދޫކޮށް އޭނާ ދުއްވައިގެންފައިވާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި ފުލުހުންގެ ތެރެއިން އެކަކު ވަނީ ބަކަރި މާސްކް ނޭޅުމަކީ ލޮކްޑައުންއަށް އިހުތިރާމު ނުކުރުން ކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުން އެމީހުންގެ ކުއްތާތަކުގައި ވެސް މާސްކް އަޅުވާ ކަމަށާއި އެހެން ކަމަށްވާނަމަ ބަކަރީގައި މާސްކް ނާޅުވަނީ ކީއްވެތޯ ސުވާލު އުފައްދަ އެވެ.

އެ ހާދިސާއާއި ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފުލުހުންނަށް ޖޯކު ޖަހާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް