ads
ދުންޔާ މައުމޫން --
ދެވަނަ ލޮކްޑައުންއެއް ގެންނަން ޖެހޭ: ދުންޔާ
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ދެވަނަ ފަހަރަށް ލޮކްޑައުން އަކަށް ސަރުކާރުން ނުގެންދެވިގެން އުޅޭތީ އެކަމާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދަވައި، ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

ދުންޔާ ވިދާޅުވީ ދެވަނަ ލޮކްޑައުންއަކަށް ނުގޮސްފިނަމަ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެދާނެ ކަމުގެ ބިރުވެރިކަން ރާއްޖެއަށް އޮތް ކަމަށެވެ. އަދި ރާއްޖެއިން ބަލި ކޮންޓްރޯލް ނުކުރެވޭ ހިސާބަކަށް ގޮސްފިނަމަ ފަތުރުވެރިން ރާއްޖެ އަންނަން ބިރު ގަންނާނެ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދުންޔާ ސީއެންއެމްއަށް އިތުރަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ދެވަނަ ފަހަރަށް ލޮކްޑައުންއަކަށް ނުގޮސް އެއްކިބާވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ދުނިޔޭގެ މަޝްރަހަށް ބަލާއިރު ގިނަ އަދަދެއްގެ ގައުމުތަކުން ދެވަނަ ފަހަރަށް ލޮކްޑައުންއަކަށް ގެންގޮސްފައިވާ ކަން ފާހަގަކުރެއްވިއެވެ.

ކޮވިޑް19ގެ މި ދަޑިވަޅުގައި އެހެން ގައުމުތަކުގެ ހާލަތުވެސް ވަރަށް ގާތުން ބައްލަވަމުން ގެންދާ ކަމަށާއި ބައެއް ގައުމުތަކުން ވަރަށް ކާމިޔާބީ ކަމާއި އެކު ބަލިން އަރާގަނެފައިވާ މަންޒަރު ފެންނަ ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި އެގައުމުތަކާއި އެއްވަރަށް ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީވެފައި ނެތް ކަމުގައި ވީނަމަވެސް ބަލިން އަރާގަތުމަށް ކުރެވޭނެ ކަންކަން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ އޭނާއަށް މައުލޫމާތު ލިބޭ ގޮތުންނަމަ ސްކޫލަށް ދާ ކުދިންގެ އަދަދު މިހާރު ނިސްބަތުން ވަރަށް މަދު ކަމަށެވެ. އަދި މި ދަނޑިވަޅުގައި ސްކޫލްތައް ހުޅުވާގެން ކުރިޔަށް ގެންދާއިރުގައި އެކުދިންނަކީވެސް ބަލި ފަތުރާނެ ބަޔަކަށްވެފައި، މުޖްތަމައު ތެރޭގައި ކޮމިޔުނިޓީ ސްޕެރެޑްއެއް އަދިވެސް އޮތް އިރު މިއީ އެކުދިންގެ އާއިލާތެރޭގެ އެހެން މެންބަރުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ދުންޔާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ބޯޑަރުތައް މިހާރު ހުޅުވިފައިވާއިރު ގައުމަށް އަންނަ ފަތުރުވެރިންވެސް އިތުރުވާނީ ރައްކާތެރިކަމުގެ ފިޔަވަލުތައް ހަރުދަނާކަމާއި އެކު އަޅަމުން ގެންދާ ގައުމެއްކަން އެމީހުންނަށް ޔަގީންވުމުން ކަމަށްދުންޔާ ވިދާޅުވިއެވެ. އަދި ސަރުކާރަކުން އެއްވެސް ކަމެއް މިހާރު ނުފޮރުވޭނެ ކަމަށާއި ޝޯޝަލް މީޑިޔާ ރައްޔިތުންގެ ތެރޭގައި ގެންގުޅޭއިރު މީހުން މަރުވާއަދަދާ ޕޮޒިޓިވްވާ އަދަދު ލިބެން ހުންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވަނީ ދެވނަ ފަހަރަކަށް ލޮކްޑައުންއަށް ދިއުމުގެ ކުރިިން ރައްކާތެރިކަމުގެ ފިޔަވަޅަށް ސަމާލުވުމަށް ވިދާޅުވެފައެވެ. އަދި ދެވަނަ ލޮކްޑައުން އަކަށް ދާން ޖެހޭނެ މޭރުމަކުން ވާހަކަދައްކަވާފައިވާކަންވެސް ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް