ސީއެންއެމް އަށް މައުލޫމާތު ދެމުން ސްޓެލްކޯ އިން ބުނީ މިހާރު ކޭބަލްތައް ވަޅުލާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޑިސްޓްރިބިއުޝަން ފޮށިތަކާއި ގުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި އަޕްގްރޭޑްގެ މަސައްކަތް ނިމުމުން އެކަމުގެ ފަސޭހަ ދިއްފުށީ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ފާހަގަކުރެ އެވެ.
ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްތަކުގެ ތެރެއިން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެންމެ ފަހުން ނިންމާލާފައިވަނީ ކ. ގާފަރުގައެވެ. ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުން މި ގެންދަނީ އެ ކުންފުނިން ހިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް އެެއްވެސް ދަތިކަމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މިހާރުވެސް ސްޓެލްކޯ އިން ހިދުމަތް ދޭ ގިނަ ރަށްތަކެއްގައި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެ އެވެ. އޭގެ އިތުރުން މި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކަމާއި ގުޅުން ހުރި އިދާރާތަކުންނާއި، ރަށުގެ ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށްވެސް އެކުންފުނިން ބުނެއެވެ.