ads
ހއ. ކެލާ--
ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ހއ. ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކެލާ ކައުންސިލްގެ ނައިބު ރައިސް އައިމިނަތު އިސްމާއިލް ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ ކެލާއިން މީހަކު ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި އެމީހާއަކީ މާލެއަށް ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ މީހެއްކަމަށްވެސް ބުނެފައިވެ އެވެ. 

އެމީހާ އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއާއި އެކު އެ ބޯޓުގައި ހަތް މީހަކު މަސައްކަތް ކުރެ އެވެ. 

މިހާތަނަށް ރާއްޖެއިން ކޮވީޑް19 އަށް ޖުމުލަ 3369 ފަރާތެއް ޕޮޒިޓިވްވެފައިވެ އެވެ. އިއްޔެ 67 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެރެއިން 43 ފަރާތަކީ ދިވެހިންނެވެ. މިހާތަނަށް ރާއްޖެއިން މިބަލިން ޖުމުލަ 2547 ފަރާތެއް ރަނގަޅު ވެފައިވާއިރު މިވަގުތު ބައްޔަށް ޕޮޒިޓިވްކޮށް ތިބީ 792 ފަރާތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް