ads
އަހުމަދު ސަލީމް--- ފޮޓޯ: ފޮރިން މިނިސްޓްރީ
ކުރީ ސަރުކާރުތަކުގެ އިގްތިސާދު އޮތީ 24 ގަޑިއިރުތެރޭ ފެއިލްވާގޮތަށް: ސަލީމް
ކުރީ ސަރުކާރުތަކުން ރާއްޖޭގެ އިގްތިސާދު ބިނާކޮށްފައިއޮތީ 24 ގަޑިއިރު ތެރޭ ރާއްޖެ ފެއިލް ވާގޮތަށް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ އެޗްއައިޑީސީ މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ މާލީއެހީ ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ އެހާ ބޮޑަށް ބޭރު ދުނިޔެއަށް ބަރޯސާވެފައި އޮތް ގައުމެއްގެ ކަންކަން އަމާން އޮމާންކޮށް ނިސްބަތުން ރަނގަޅަށް ކަންކަން ގެން ދެެވުނުކަމީ، ހާރިޖީ ވަޒީރުއާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެ އިތުރުން ކެބިނެޓްގެ އެހެން ވަޒީރުން ވަރަށް ހުޝިއާރުކަމާ، ތެދުވެރިކަމާއި، އަދި އަމާނާތް ތެރިކަމާއިއެކީގައި ހިދުމަތް ކުރަން ފެއްޓެވުމުގެ ނަތީޖާކަމަށެވެ.

މިހާލަތުގައި އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އުންމީދު ގެނެސް ދިނުން ކަމަށާއި މާދަމާގެ އުފާވެރިކަމުގެ އިޝާރަތްތަށް މިއަދު ގެސްދިނުންކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން މިފެށިގެންދާ މަޝްރޫއުތަކަކީ ވަރަށް މުހިންމު ބޭނުންތެރި މަސައްކަތްތަކެއްކަން ފާހަގަ ކުރެއްވިއެވެ.

ހޯރަފުއްޓާއި އައްޑުއަތޮޅުގައި ފެށިގެންދާ ހައި އިންޕެކްޓް ކޮމިއުނިޓީ ޕޮރޮޖެކްޓް ސަބަބުން ގެއްލިފައިވާ އުންމީދު އެތަށް ތަނަކުން އާލާ ވެގެން ދާނެކަމަށާއި، ވަޒީފާގެ ފުރުސަތުތަކާއި، އިގްތިސޯދީ ފުރުސަތުތަށް މީގެ އިތުރުން އާންމު ދަނީ ލިބުމުގެ އިތުރުން ބޭރަށް ބަރޯސާވުން ކުޑަވުން މިއިން ކޮންމެ ކަމަކުން ހަސިލްވެގެން ދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖެ އޮތީ ވަރަށް ބޮޑަށް ބޭރުގެ ގައުމުތަކަށް ބަރޯސާވެފައި ކަން ތަކުރާރު ކުރައްވާ ވިދާޅުވީ ހަމައެކަނި ބޯފެނަށް ބަލާލިކަމުގައި ވިޔަސް މިކަން އިގޭނެކަމަށެވެ. އެންމެ އަސާސީ ކަންތަކުން ފެށިގެން އެންމެ މުހިންމު ބޮޑެތި ކަންތަށް ތަކާއި ހަމަޔަށް ވެސް މިކަން އޮތީ މިހެން ކަމުގައި ސަލީމް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެފަ ވާއިރު ސަލީމް ވަނީ މި ސަރުކާރުގެ ވެރިންނާއި ވަޒީރުންނަށް ވަރަށް ބޯޑަށް ތައުރީފު ކުރައްވާފައެވެ. ސަރުކާރަށް ތައުރިފް ކުރައްވަމުން ސަލީމް ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވި ބޮޑު ގޮންޖެހުމުން އަރާގަތުމަށާއި ހިތްފަސޭހަ ރަނގަޅު ދިރިއުޅުމެއް ފޯރު ކޮށްދެއްވުމަށް ރައީސް ސޯލިހް ކޮށްދެއްވާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް