ads
އައްޑޫ ސިޓީ-- ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ
އައްޑޫގައި އީދު ނަމާދު ބޮޑު ޖަމާއަތް ނުބާއްވަން ނިންމައިފި
އައްޑޫސިޓީގެ އެއްވެސް އަވަށެއްގައި އީދުގެ ނަމާދު، ބޮޑު ޖަމާއަތުގައި ނުކުރަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުބޭއްވުމަށް ނިންމާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އިއުލާނުގައި ބުނީ ބޮޑު ޖަމާއަތް ނުބާއްވާގޮތަށް ހަމަޖައްސި ނަމަވެސް އައްޑޫ ސިޓީގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި މިއަހަރުގެ އީދު ނަމާދުކުރާނެ ކަމަށެވެ،

ކައުންސިލުން އިތުރަށް ބުނީ އީދު ނަމާދަށް ދާއިރު މާސްކް އަޅައިގެން އައުމަށާއި މުސައްލަ ހިފައިގެން އީދުނަމާދުގެ ޖަމާއަތަށް އައުމަށް ސަމާލުކަން ދިނުމަށްވެސް އެދޭ ކަަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތު އޮތް ގޮތުން މިއަހަރުގެ އީދުގެ ނަމާދު މާލޭގައި ބޮޑު ޖަމާއަތުގައި ނުކުރުމަށް ނިންމާފައެވެ. އެހެން ނަމަވެސް އިސްލާމީ މަރުކަޒާއި ހުކުރު ކުރާ މިސްކިތްތަކުގައި މާލޭގައި ވެސް ޖަމާއަތުގައި އީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

           

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް