ads
ކަސްޓަމްސް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ/ މުހައްމަދު ޝަރުހާން
ގްޑްސް ޑިކްލަރޭޝަން ފުރިހަމަކުރުމުގައި ފްރައިޓް އާއި އިންޝުއަރެންސް ހަރަދު ހިއްސާކުރަންޖެހޭ
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހާއި އެކު މުދަލުގެ އެފްއޯބީ އަގުން ޑިއުޓީ ނެގި ނަމަވެސް، ފްރައިޓާއި އިންޝުއަރެންސް ހަރަދުގެ މައުލޫމާތު ކަސްޓަމްސް އާއި ހިއްސާކުރަންޖެހޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ނެރުފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެކްސްޕޯޓް އިމްޕޯޓް ގާނޫނު އަށް ގެނައި 17 ވަނަ އިސްލާހާއި އެކު އެ ގާނޫނުގެ ހަ ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގައި، ސަރުކާރަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގުކަމުގައި ބަލާނީ އެ މުދަލުގެ އެފް.އޯ.ބީ އަގުން ކަމަށެވެ. 

އެހެނަމަވެސް ކުރިއެކޭ އެއްގޮތަށް މުދާ އިމްޕޯޓްކުރުމަށް ގްޑްސް ޑިކްލަރޭޝަން ފުރިހަމަކުރުމުގައި، މިހާރެކޭވެސް އެއްގޮތަށް ފްރައިޓް، އިންޝުއަރެންސް އަދި އެހެނިހެން ހަރަދު ހިމެނޭނަމަ އެ މައުލޫމާތު ވަކި ވަކީން ހިމަނައިގެން ޑިކްލަރޭޝަން ފޯމު ފުރިހަމަކުރަމުން ގެންދިޔުމަށް ކަސްޓަމްސް އިން އެދެ އެވެ. 

ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލުގެ އެފް.އޯ.ބީ އަގުގެ އިތުރުން ފްރައިޓާއި އިންޝުއަރެންސް އަދި އެހެނިހެން ހަރަދު ހިމެނޭނަމަ، އެ މުއުލޫމާތަކީ ކަސްޓަމްސްގެ ސްޓެޓިސްޓިކްސް ކަމަށާއި ކަސްޓަމްސްއިން ސްޓެޓިސްޓިކްސް ހޯދާ ފަރާތްތަކަށް ވަރަށް މުހިއްމު މައުލޫމާތެއް ކަމަށް ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ މައުލޫމާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައްޔާރުކުރާ ބެލެންސް އޮފް ޕޭމަންޓް އަށާއި، ޔުނައިޓެޑް ނޭޝަންސް ސްޓެޓިސްޓިކްސް ޑިވިޒަނުން ތައްޔާރުކުރާ އިންޓަނޭޝަނަލް މަރޗަންޑައިސް ޓްރޭޑް ސްޓެޓިސްޓިކްސް އަށް ވެސް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށް ކަސްޓަމްސް އިން ފާހަގަކުރެ އެވެ. 

އޭގެ އިތުރުން ކަސްޓަމްސްގެ އާއްމު ގަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ އިންވޮއިސްގައި ހުންނަންޖެހޭ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް