ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
މިވަގުތު ލޮކްޑައުނަކަށް ދިއުމުގެ ވިސްނުމެއް ނެތް
މިވަގުތު އިތުރު ލޮކްޑައުނަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ލޮކްޑައުން ދޫކޮށްލީ ލޮކްޑައުނެއްގައި ތިބެން ބޭނުން ނުވާތީ ކަމަށެވެ. އަދި މިވަގުތު ލޮކްޑައުން އަކަށް ދިއުމަކީ އަމާޒެއް ނޫން ކަމަށާއި، ބޯޑަރުތައް ބަންދު ކުރުމަކީ ވެސް އަމާޒެއް ނޫން ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، އުސޫލުތައް ހަދައި، ފިޔަވަޅުތައް އަޅަމުން ދަނީ، ކުރީގައި އޮތް ހާލަތަށް އަނބުރާ ދާން ބޭނުންނުވާތީ ކަމަށެވެ. އެހެން ނަމަވެސް ހަދާފައިވާ އުސޫލުތަކުގެ ތެރޭގައި ނުތިބެވޭ ނަމަ މި ބަލި ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ އަމާޒަކީ، ވިޔާފާރިތަކާއި އެކީގައި ބޯޑަރުތައް ވެސް ހުޅުވި، ރައްޔިތުންނަށް އާންމު ހާލަތެއްގައި ތިބެވޭނެ ހިސާބަކަށް ދިއުން ކަމަށެވެ. 

ސަރުކާރުން ހަދަމުން އަންމަ ހުރިހާ އުސޫލުތަކަކާއި އެސްއޯޕީ ތަކެއް ވެސް ހަދަމުން މި އަންނަނީ އިތުރަށް ބަންދުކުރަން ނުޖެހޭ ގޮތަށް ވިސްނައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވަނީ ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރެވިއްޖެ ނަމަ އިތުރު ލޮކްޑައުނަކަށް ދާން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް