އެނގިފައިވާ އެރަށުން ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި އަންހެނެކެވެ.
އެމީހާއަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހެދި ޓެސްޓުންނެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަކީ މާލޭގައި ދިރިއުޅޭ މީހެއްނަމަވެސް ރަށަށް ދިޔައީ އީދު ޗުއްޓީއަށެވެ. އަދި އެމީހާ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ފިރިމީހާ އާއި ދަރިން ބައްޔަށް ނެގެޓިވް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު މީގެ ކުރިން ވެސް ރަށްރަށަށް ހޯމް ކަރަންޓީނުވުމަށް ދިޔަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.