ads
ސްރީލަންކަން ގެ ކާގޯ ފްލައިޓް/ ފޮޓޯ:ވީއައިއޭ
ސްރީލަންކަން އިން ރާއްޖެ އަށް ކާގޯ ދަތުރުތައް ފަށައިފި
ސްރީލަންކަން އެއާލައިން އިން ރާއްޖެ އަށް ކާގޯ ފްލައިޓްގެ ދަތުރުތައް ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންގެ ފުރަތަމަ ކާގޯ ފްލައިޓް ޖެއްސުމާއި އެކު އެ ފްލައިޓަށް އެއާޕޯޓުން ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.

ސްރީލަންކަންގެ ފުރަތަމަ ކާގޯ ފްލައިޓް ރާއްޖެ އައިސްފައި ވަނީ ޒަރޫރީ ގޮތުން ބޭނުންވާ ގިނަ ތަކެތި ހިމެނޭ ގޮތަށް 45 ޓަނުގެ މުދާ ހިފައިގެން ނެވެ.

ސްރީލަންކަން އެއާލައިން އިން މިހާތަނަށް ރާއްޖެއަށް ކާގޯ އުފުލާފައި ވަނީ ފަސިންޖަރުން އުފުލާ ފްލައިޓުތަކުގަ އެވެ.

އެކުންފުނިން ޖުލައި މަހުގެ 25 ވަނަ ދުވަހު ކާގޯ ފްލައިޓްތަކުގެ ދަތުރުތައް ފަށާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް، ފަސިންޖަރުންނާއި މުދާ އުފުލުމުގައި ދަތިތަކާ ކުރިމަތިވެފައިވަނިކޮށެވެ.

ސްރީލަންކަން އިން ވަނީ އޮގަސްޓު އެއް ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތައް ހަފްތާ އަކު ހަތް ދަތުރަށް އިތުރު ކޮށްފަ އެވެ. އަދި މާލެ އިން، ލަންޑަން، ޕެރިސް، ފްރޭންކްފާޓް އަދި މިލާން އަށް ދަތުރުތައް ފަށަން ވެސް ސްރީލަންކަން އިން ވަނީ ނިންމާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް