އީދު ނަމާދަށް ދަމުން ސަމާލުކަން ދޭން ޖެހޭ ކަންކަން ހިއްސާކުރަމުން މިނިސްޓްރީން ވަނީ ހުކުރު ނަމާދާއި އީދު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދާކަށް އައުމަށް އިސްކަން ދިނުމަށް އެދިފަ އެވެ.
އަދި އަންހެނުންނާއި ކުޑަކުދިން މިޙާލަތުގައި މިސްކިތަށް ނުދިއުމަށް އިލްތިމާސްކޮށް މިނިސްޓްރީން ބުނީ ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ފުއްޕާމޭގެ މައްސަލަތައް ހުންނަ ފަރާތްތަކާއި، ދުވަސްވީ މީހުންނާއި، ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތައް މިސްކިތަށް ނުދިއުމަށް ވެސް އެދޭ ކަމަށެވެ.
އޭގެ އިތުރުން އަމިއްލަ މުސައްލަ ގެނައުމަށާއި އަނެކާގެ މުސައްލަމަތީ މުސައްލަ އަޅުން ރަނގަޅު ނޫން ކަމަށެވެ. އަދި މާސްކު ނާޅާ މިސްކިތައް ނުދިއުމަށާއި މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދު ކުރާނެ ކަމަށާއި އަންހެނުންނަށް އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަ ޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމާއި މަސްޖިދުލް ބިއްރި (ވިލިމާލެ) އަދި މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ) ގައި ކަމަށެވެ.
މީގެ ކުރިން ވިއްސާރަ ނޫންނަމަ އީދު ނަމާދުކުރަމުން އައީ ބޮޑު ޖަމާއަތުގަ އެވެ.