އަންކިތާ ބުނާ ގޮތުގައި ސުޝާންތަކީ އަމިއްލައަށް މަރުވާނެ މީހެއް ނޫނެވެ. އެ ދެމީހުން އެކުގައި ދިރިއުޅުނުއިރު މާގިނަ އުނދަގޫ ދުވަސްތައް ކުރިމަތިވި ކަމަށާއި އެކަމަކު އޭނާ އެކަމާއި ވެސް ކުރިމަތިލި ކަމަށް އަންކިތާ ބުންޏެވެ.
އަމްކިތާ އާއި ސުޝާންތު ލޯބީގެ ގޮތުން ގުޅުނީ ޓީވީ ޝޯ، ޕަވިތުރަ ރިޝްތާއިންނެވެ. އެކަމަކު ހަ އަހަރު އެކުގައި އުޅުމަށް ފަހު އެ ދެ ތަރިން ވަކިވީ 2016 ވަނަ އަހަރެވެ.
އަންކިތާ ބުނީ އޭނާއަށް ސުޝާންތު، އެނގޭ ގޮތުގައި އޭނާއަކީ މާޔޫސްކަމާއި ކުރިމަތިލާފައިވާ މީހެއް ނޫން ކަމަށާއި އެގޮތުން ސުޝާންތު ފަދަ މީހަކު ދިމާ ނުވާ ކަމަށް ވެސް ބުންޏެވެ. އަދި އެގޮތުން ދިރިއުޅުމުގެ ވާހަކަ ސުޝާންތު އައީ ޑައިރީއެއްގައި ލިޔަމުން ކަމަށާއި އެގޮތުން ފަސް އަހަރު ދުވަހުގެ ޕްލޭންއެއް ތައްޔާރުކުރި ކަމަށެވެ. އަދި އެކަން ވެސް ހާސިލުކުރި ކަމަށެވެ.
އަދި އަންކިތާ ވަނީ ސުޝާންތު ކަމަކާއި ހިތްހަމަނުޖެހިދާނެ ކަމަށާއި އެކަމަކު "ޑިޕްރެޝަން" ތަހައްމަލުކުރި ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި ޑިޕްރެޝަން، އެ ބަސް ބޭނުންކުރާތީ ވެސް އަންކިތާ ވަނީ ކަންބޮޑުވެފަ އެވެ.
އަންކިތާ މުމްބާއީގައި އުޅޭ ގޭގައި ބިހާރުގެ ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންކިތާ ވެސް ތުހުމަތުކުރަނީ ސުޝާންތުގެ ބައްޕަ ތުހުމަތުކުރާ ގޮތަށެވެ. އަދި އެ ދެމީހުންގެ ޗެޓްތަކެއް ވެސް ހިއްސާކުރި ކަމަށްވެ އެވެ.
ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. މިއީ ސުޝާންތުގެ މަރުގެ މައްސަލައިގައި އޭނާގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ރިއާގެ އިތުރުން، އޭނާގެ އާއިލާއަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ އެ ތުހުމަތުތައްކޮށްފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބިހާރުގެ ބައެއް އޮފިޝަލުން މުމްބާއީގައި ކޭމްޕުކޮށް، ސިއްރު ތަހުގީގެއް ވެސް އަންނަނީ ކުރަމުންނެވެ. އަދި ލިޔެކިޔުންތައް ތައްޔާރުވުމުން ރިއާ ހައްޔަރުކުރުމަށް އަންހެން އޮފިސަރު، ހޯދުމަށް ވެސް އެ މައްސަލަ ތަހުގީގުކުރާ ޓީމުން އެދޭ ކަމަށް ވެސް ބުނެ އެވެ.
ސުޝާންތުގެ ބައްޕަ ވަނީ ސުޝާންތު، އޭނާގެ އާއިލާ މީހުންނާއި އޮންނަ ގުޅުން ކަނޑާލުމަށް ވެސް ރިއާ މަސައްކަތް ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ސުޝާންތުގެ އެކައުންޓުން އެތައް ކްރޯޑު ރުޕީސްއެއް ތަފާތު އެކި ބިރު ދެއްކުމަށް ފަހު އަތުލިކަމަށް ވެސް ބައްޕަ ތުހުމަތު ކުރެ އެވެ.