ads
ހުކުރު ހުތުބާ--
ހަޔާތް ބާއްޖަވެރި ކުރުމަށް ހައްޖަތުލް ވަދާއުން އިބްރަތް ހާސިލު ކުރަންޖެހޭ: ހުކުރު ހުތުބާ
ހަޔާތް ބާއްޖަވެރި ކުރުމަށް ހައްޖަތުލް ވަދާއުން އިބްރަތް ހާސިލު ކުރަންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ހައްޖަތުލް ވަދާއުގައި ރަސޫލާގެ އަރިހުގައި ދޮޅުލައްކައެއްހާ މުސްލިމުން ބައިވެރިވި ކަމަށެވެ. އަދި އެޒަމާނަށްބަލާއިރު މިއީ ވަރަށް ބޮޑުއަދަދެއްކަމަށެވެ. 

ހައްޖަތުލް ވަދާއަކީ ރަސޫލާ ދެއްވި ވަރަށް މުހިންމު ހުތުބާއެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ހައްޖަތުލް ވަދާއުގައި ކީރިތި ޤުރުއާނުގައާއި ސުންނަތުގައި ހިފެހެއްޓުމަށް އިސްލާމީ އުއއްމަތަށް އަމުރުކުރެއްވި ކަމަށެވެ. އަދި އިސްލާމް ދީނުގެ އުސޫލުތަކާއި، އެ ދީނުގެ ގަވައިދުތައް ބަޔާންކޮށްދެއްވާފައިވާ ކަމަށްވެސް ހުތުބާގައިވެ އެވެ. 

ހަޔާތް ބާއްޖަވެރި ކުރުމަށް ހައްޖަތުލް ވަދާއުން އިބްރަތް ހާސިލު ކުރަންޖެހޭ ކަމަށްވެސް ހުތުބާގައި ވެއެވެ. 

"ޖާހިލީ ޒަމާނުގެ ނުބައި އާދަކާދަތައް ވަޅުލައްވައި، މި އާދަކާދަތަކާ ދުރުހެލިވުމަށް އަމުރު ކުރެެއްވި އެވެ. އަޅުގަނޑުމެން ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި މި ހުތުބާގައި އައިސްފައިވާ ނަބަވީ ބަޔާނުން ދަރުސްތަކާއި، އިބްރަތްތައް ހާސިލު ކުރަން މިއަދު ވަނީ ޖެހިފައެވެ." ހުކުރު ހުތުބާގައިވެ އެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ އިންސާނުންނަކީ އިންސަނީވަންތަކަމުގައި އެއް މަގާމެއް ލިބިގެންވާ ބައެއް ކަމަށާއި، މަގާމާއި ނުފޫޒާއި މާލާއި ޖާހަކީ އިންސާނީ ހަމަހަމަކަމާއި އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަމެއް ނޫންކަމަށެވެ. 

ދުވަސްކޮޅެއް ކުރިން ތަހަންމަލު ކުރަމުންދިޔައީ ދަތި ދުވަސްތަކެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ މިހާރު މިވަނީ ﷲގެ ރަހްމަތުން މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނަމާދުތައް ކުރުމުގެ ފުރުސަތު ލިބިފައިކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށްއޮތް ތަނުގައިވެސް އަމަލުކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް