ads
ފިލްމުގެ ޕޯސްޓަރެއް--
"ޕަތީ ޕަތުނީ އޯރް ވޯ" ލީކުވެއްޖެ
ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ލީކު ވެއްޖެއެވެ.
Advertisement
ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ލީކުވެއްޖެ އެވެ.

ކާތިކް އާރިޔަން އާއި އަނަންޔާ ޕާންޑޭ އަދި ބޫމީ ޕަޑްނޭކަރް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ނެރެފައި ވަނީ އިއްޔެ އެވެ. ނަމަވެސް ފިލްމު ނެރނުތާ މާ ގިނަ އިރު ނުވަނީސް ފިލްމު ވަނީ ލީކުކޮށްލާފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފިލްމު ލީކު ކޮށްލާފައި ވަނީ ތަމިލް ރޮކާސް އިންނެވެ. ތަމިލް ރޮކާސް އިން އަންނަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއް ލީކު ކުރަމުންނެވެ. އެގޮތުން މި އަހަރު ނެރުނު ހުރިހާ ފިލްމެއްހެން ތަމިލް ރޮކާސް އިން ވަނި ލީކުކޮށްލާފަ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ބެލުމަށް ފަހު ގިނަ ބައެއްގެ ފަރާތުން ޕޮސިޓިވް ކޮމެންޓު ލިބެމުން އަންނައިރު މިއީ މި އަހަރު ނެރޭ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ހިމެނޭ ފިލްމެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ 40 އަހަރު ކުރިން ނިކުތް "ޕަތީ ޕަތުނީ އޯރް ވޯ" ގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. އަދި ރިޝީ ކަޕޫރު ވެސް އެ ފިލްމުން ފެނިގެންދެ އެވެ.

"ޕަތީ ޕަތުނީ އޯރް ވާ" އަކީ ފިރިއަކު އޭނާގެ ސެކްރެޓަރީ އާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ރިމޭކްގައި ސަންޖީވްގެ ރޯލުން ފެންނާނީ ކާތިކް އެވެ. އަދި އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލުން ބޫމީ ފެނިގެން ދާއިރު ސަންޖީވާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާ ސެކެރެޓަރީގެ ރޯލުން ފެންނާނީ އަނަންޔާ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް