ads
ފޮޓޯ
އިންޑިއާ އިން ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ
އިންޑިއާ އިން ރިކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާ އިން 55,078 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އެގޮތުން އަލަށް ޕޮޒިޓިވްވި ބައި ލައްކަ އަށް ވުރެ ގިނަ މީހުންނާއި އެކު އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1.64 މިލިއަނަށް އަރާފަ އެވެ. 

އިންޑިއާ އިން ބަލިޖެހުނު އިތުރު 779 މީހުން މަރުވެފައި ވާއިރު، އެގައުމުން މުޅި ޖުމްލަ 35,747 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވާކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

އެ މިނިސްޓްރީ އިން ބުނީ އިންޑިއާ އިން ދުވާލަކަށް ކުރާ ކޮވިޑް-19 ގެ ޓެސްޓުތައް އެއް މިލިއަނަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހުކުރު ދުވަހު ހަ ލައްކަ ޓެސްޓު އެގައުމުން ވަނީ ހަދާފަ އެވެ. 

އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން އިތުރުވަމުން އަންނަ އިރު އެ ގައުމަކީ މިހާރު ކޮވިޑް-19 އަށް ތިން ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް