ads
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ:ހެލްތް މިނިސްޓްރީ
ކޭސްތައް އިތުރުވާނަމަ ސްކޫލުތައް ނުހުޅުވާނަން: އަމީން
ކޭސްތައް އިތުރުވާނަމަ ސްކޫލުތަކުގައި އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ނިންމާފައި އޮތް ނަމަވެސް ކިޔަވާދޭން ނުފަށާނެ ކަަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހެލްތު މިނިސްޓަރު ވިދާޅުވީ ފިޔަވަޅުތަކަށް ބޯނުލަނބާ މިހާރު ދާގޮތަށް ކޭސްތައް މިމަހުގެ 15 އާ ހަމައަށް އިތުރުވާނަމަ ސްކޫލްތަކުގެ ކިޔެވުން ނުފަށާނެ ކަމަށެވެ.

"ފިޔަވަޅުތަކަށް ބޯނުލަނބައި މިހާރު ދާގޮތަށް ކޭސް މިމަހުގެ 1 5އާ ހަމައަށް އިތުރުވާނަމަ ސްކޫލްތަކެއް ނުހުޅުވޭނެ. އަދި މިކަމަށް ސީދާ އެއްޗެއް ދަންނަވަން އަވަސް. ނަމަވެސް މިވަރަށް ގިނަވާނަމަ ނުހުޅުވާނަން،" އަމީން ވިދާޅުވި އެވެ.

ކޭސްތައް އިތުރުވަމުންދާތީ ސްކޫލްތަކުގެ ކިޔެވުމުގެ ކަންކަން ދެން ގެންދަންވީ ގޮތަކާމެދު އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތް ނިންމަނީ ކޮންމެ ހަފްތާއެއްގެ ތަފާސްހިސާބުތަކަށް ބެލުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ބަލީގެ ކޭސްތައް މަދުވާ މިންވަރަށް ބަލާފައި އޯގްސްޓު މަހުގެ 16 ވަނަ ދުވަހު ގްރޭޑް އަށަކާއި އަތެއްގެ ކިޔެވުން މާލެ ސަރަޙައްދުގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތް ނިންމަނީ ކޮންމެ ހަފްތާއެއްގެ ތަފާސްހިސާބުތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ކޭސްތައް އިތުރުވަމުންދާތީ ސްކޫލްތަކުގެ ކިޔެވުމުގެ ކަންކަން ދެން ގެންދަންވީ ގޮތަކާމެދު އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް