ads
ޔަމީ ގޯތަމް މި ތައާރަފުކުރަނީ ދުނިޔެއަށް މުޅިން އާ ރެސިޕީއެއް!
ކަރަންޓީނުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ތަރިންގެ ކުޅަދާނަ ހުނަރުތައް އަންނަނީ ފެންނަމުންނެވެ. ތަފާތު މޮޅެތި ކާއެއްޗެހިތައް ހަދައި މޮޅެތި ނަންތައް ވެސް ދަނީ ދެމުންނެވެ.

މިފަހަރު އެކަންކޮށްގެން މިއުޅެނީ މަޝްހޫރު ބަތަލާ ޔަމީ ގޯތަމް އެވެ. އެކަމަކު މިއީ ކަރަންޓީންގެ ކުރިން އޭނާ ތައްޔާރުކުރި ރެސިޕީ އެކެވެ. 

އަލުން ސޯޝަލް މީޑިއާއަށް އެކަމުގެ ވީޑިއޯ ހިއްސާކުރިއިރު ޔަމީ ބުނީ އޭނާ ތައްޔާރުކުރީ "ކުކީ" ނުވަތަ "ބްރައުނީ" ގެ އާއިލާ ބާވަތެއް ކަމަށެވެ. އަދި އެއީ "ބްރޫކީ" ކަމަށް ވަނީ ބުނެފަ އެވެ. 

ކޮންމެއަކަސް އޭގެ ފޮޓޯ ހިއްސާކުރިއަސް މި ތައްޔާރުކުރީ ކިހިނެއްކަމެއް ނުބުނެ އެވެ. 

ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ތަރިން އަންނަނީ ބަދިގޭގެ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. މީގެ ކުރިން ކެޓްރީނާ ކައިފް އާއި އޭނާގެ ކޮއްކޮ އިޒަބެއްލާ ވެސް ވަނީ ކެއްކުމުގައި އުޅުނު ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އެކަމަކު އެފަހަރު ކައްކާ ނިމުނުއިރު ކެއްކުނީ ކޯއްޗެއް ކަމެއް ނޭނގޭ ކަަމަށް ވަނީ ބުނެފަ އެވެ.

އުމުރުން މިހާރު އެންމެ 31 އަހަރުގެ ޔަމީ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ އަޔުޝްމަން ކުރާނާއާއެކު 2019 ވަނަ އަހަރު ނެރުނު ފިލްމު "ބާލާ" އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް