ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރިއާ އާއި ސުޝާންތު--
ތުހުމަތުތައް ދޮގުކޮށް ރިއާ ރޮމުން ރޮމުން ބުނީ ހަގީގަތް ހާމަވާނެ ކަމަށް!
ބޮލީވުޑުގެ މަޝްހޫރު ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ، ރިއާ ޗަކްރަބޯޓީއާ ދެކޮޅަށް ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ވަނީ ސީރިޔަސް ތުހުމަތުތަކެއްކޮށްފަ އެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ރިއާއަށް އަމާޒުވެފައިވާއިރު ރިއާ މިވަނީ އެތުހުމަތުތައް ދޮގުކޮށް ވީޑިއޯއެއް އާންމުކޮށްފަ އެވެ.
Advertisement

އެގޮތުން ގޮނޑިއެއްގައި އިށީންދެ އިނދެގެން ރިއާ ވަނީ ސޯޝަލް މީޑީއާގައި އޭނާއަށް ކިތަންމެ ހަޑިއެއްޗެއްކީ ނަމަވެސް އޭނާއަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.

އެގޮތުން އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އެއްޗެކޭ ނުބުނެ ހުރީ، ލޯޔަރުގެ ލަފާގެ މަތިން ވަނީ ބުނެފަ އެވެ. އަދި ހަގީގަތް ހާމަވާނެ ކަމަށް ވެސް ރިއާ ބުނެ އެވެ. އެ ހުރިހާ ވާހަކައެއް ވެސް ދައްކާއިރު އޭނާ އިންނަނީ ކިރިޔާ ރޮވޭ ނުރޮވޭ ވަރުގަ އެވެ. އަޑުންވެސް ގިސްލެވޭކަން އެނގެ އެވެ.

ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ވަނީ މިމަހުގެ 26 ވަނަ ދުވަހު، ރިއާ އާދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފަ އެވެ. 

ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. މިއީ ސުޝާންތުގެ މަރުގެ މައްސަލާގައި އޭނާގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. 

ރިއާގެ އިތުރުން، އޭނާގެ އާއިލާއަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ އެ ތުހުމަތުތައްކޮށްފަ އެވެ.

އެއާއެކު ރިއާ، އޭނާގެ ދިފާއުގައި މަސައްކަތް ކުރާނެ ވަކީލެއް ވެސް ހޯދާފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބިހާރުގެ ބައެއް އޮފިޝަލުން މުމްބާއީގައި ކޭމްޕުކޮށް، ސިއްރު އިންވެސްޓިގޭޝަނެއް ވެސް ދަނީ ކުރަމުންނެވެ. އަދި ލިޔެކިޔުންތައް ތައްޔާރުވުމުން ރިއާ ހައްޔަރުކުރުމަށް އަންހެން އޮފިސަރު، ހޯދުމަށް ވެސް އެ މައްސަލަ ތަހުގީގުކުރާ ޓީމުން އެދޭ ކަމަށް ވެސް ބުނެ އެވެ. 

ސުޝާންތުގެ ބައްޕަ ވަނީ ސުޝާންތު، އޭނާގެ އާއިލާ މީހުންނާއި އޮންނަ ގުޅުން ކަނޑާލުމަށް ވެސް ރިއާ މަސައްކަތް ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ސުޝާންތުގެ އެކައުންޓުން އެތައް ކްރޯޑު ރުޕީސްއެއް، ބިރު ދެއްކުމަށް ފަހު އަތުލިކަމަށް ވެސް ބައްޕަ ތުހުމަތު ކުރެ އެވެ.

އެ ތުހުމަތުތަކަށް ބާރުދޭ ގޮތަށް ފަހުން ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކާންޑޭ ވެސް ވާހަކަ ދައްކާފައިވެ އެވެ. އަދި ހަގީގަތް ހާމަވެގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ. 

ރިއާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއެކު ސުޝާންތުގެ ބޭންކް ޓްރާންސްކްޝަންތައް ވެސް ފުލުހުން ބަލާފައިވާއިރު ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާކަން އެނގޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް