ads
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކުރަން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވި ދުވަހު-- ފޮޓޯ: ފުލުހުން
ބޮޑުފިނޮޅުން ފެނާއި ކަރަންޓް ކަނޑާލާ، ދަރުހޮވުން މަނާކުރީ ސީލް އިން: އާރުއައިއެކްސް
ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް ސީލް މޯލްޑިވްސް އިން އަމަލުކޮށްފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް ކުންފުނިން ބުނެފި އެވެ.
Advertisement

އެ ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމު، ލޯކްރާފްޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވުމަށް އަންގައި ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށާއި އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީން ނިންމި ނިންމުން ވެސް ބާތިލުކުރުމަށް ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. 

ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ އާރުއައިއެކްސްގެ ބިދޭސީ މުވައްޒަފުން ކަމަށާއި އެހެންކަމުން އެމީހުންނަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު، މުސާރަ ދިނުމަށް އަންގާއި، އެކަމުގެ ލިޔުން އެ އޮތޯރިޓީއަށް ހުށަހަޅަން އަންގާފަ އެވެ.

ބަޔާނުގައި ބުނީ ޝަރުއީ މަރުހަލާ ތެރޭގައި މިކަންކަން ކުރިއަށްދިޔަ ކަމުގައިވިޔަސް އިންސާނީ ހައްގަށާއި، އިންސާނީ ކަރާމާތަށް ގެއްލުން ނުވާގޮތުގެމަތިން ކަންކަން އިންތިޒާމު ކުރުމުގެ ގޮތުން ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ކާންބޯން ދިނުމުގެ އިންތިޒާމު މިހާތަނަށްވެސް ކުރަމުންދިޔައީ އެކުންފުނީގެ ހަރަދުގައި ކަމަށެވެ. އެގޮތުން އެކަންކަން ބަރާބަރަށް ކުރިއަށް ގެންދާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ފުލުހުންނަށް އެނގޭނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކުރެ އެވެ.

އޭގެ އިތުރަށް ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަށް ދޭންޖެހޭ އުޖޫރަ ހޯދުމަށް ސީލް މޯލްޑިވްސްގެ މައްޗަށް ދައުވާކުރެވިފައިވާކަމާއި، ޝަރުއީ މަރުހަލާ ތެރެއިން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރެވުނުނަމަވެސް އަވަހަށް ފައިސާ ހަމަޖެހޭތޯ މަސައްކަތް ކުރާ ކަމަށް ބަޔާނުގައި ބުނެ އެވެ. 

ބަޔާނުގައި އިތުރަށް ބުނީ ދެ ފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުމާއި ގުޅިގެން ދެބަސްވުންތަކެއް އުފެދުނަސް އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ބޮޑުފިނޮޅާއި އެއް ފަޅެއްގައި އޮންނަ ތުޅާދޫއަށް ކާބޯތަކެތި ބަލާދާ ބިދޭސީން، އަނބުރާ ރަށަށް އެރިޔަނުދީ ލާއިންސާނީ އަމަލު ސީލް އިން ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

"މިގޮތުން، 23 ޖުލައި 2020 ގައި އަޅުގަނޑުމެންގެ މުވައްކިލު ފޯރުކޮށްދިން ކާބޯތަކެތި ބަލާ ތުޅާދޫ އަށްދިޔަ ބިދޭސީންނަށް ސީލް މޯލްޑިވްސްއިން ހުރަސްއެޅުމުގެ އިތުރުން، 4 ބިދޭސީއަކު ރަށަށް އެރިޔަނުދީ ހިފަހައްޓާފައިވެއެވެ. އަދި މިކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ހުށަހަޅާފައިވެއެވެ،"

އޭގެ އިތުރުން ބަޔާނުގައި ބުނީ މިދިޔަ މަހުގެ 23 ގައި އެޗްއާރުސީއެމުން ކުރި މަސައްކަތުން ބޮޑުފިނޮޅަށް ކާބޯތަކެތި ގެންދެވުން ކަމަަށާއި އެކަމަކު ދެން ސީލް މޯލްޑީވްސް އިން މަސައްކަތް ފެށީ ރަށުގައި ކެއްކުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން ރަށުން ދަރު ނެގުން މަނާކުރި ކަމަށާއި އެކަން ކުރުމުން ވެސް އެޗްއާރުސީއެމް އާއި ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ލޯކްރާފްޓުން ބުނެ އެވެ. 

ލޯކްރާފްޓުގެ ބަޔާނުގައި އިތުރަށް ބުނީ އޭގަ ފަހުން ފެނާއި ކަރަންޓުގެ ހިދުމަތް ކަނޑާލުމަށް ވެސް މަސައްކަތް ކުރިކަމަށާއި އެގޮތުން 24 ވަނަ ދުވަހު "އަވަސް" އޮންލައިންގައި ސީލް މޯލްޑިވްސްއާ ހަވާލާދީ ލިޔެފައިވާ ލިޔުމަކުން އެކަން އެނގޭ ކަމަށެވެ. އަދި 31 ވަނަ ދުވަހު، ދުރާލާ އަންގާފައިވާ ގޮތަށް ފެނާއި ކަރަންޓްގެ ހިދުމަތް ކަނޑާލާފައިވާ ކަމަށެވެ. 

ލޯކްރާފްޓުގެ ބަޔާނުގައި ވަނީ އެކަން ފުލުހުންނަށް އެނގިހުރެ ފިޔަވަޅު އަޅާފައި ނުވާތީ ކުށްވެރިކޮށްފަ އެވެ. 

އިއްޔެ އިމިގްރޭޝަނުގެ ބެލުމުގެ ދަށުން އެރަށުގައި ތިބި ހުރިހާ ބިދޭސީން ރަށުން ވަނީ ބާލާފަ އެވެ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމަށް، އާރުއައިއެކްސަށް ސީލް އިން ހަވާލުކޮށް އެ މަސައްކަތް ކުރަމުންދިޔައިރު އެތަނުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ދިނުމަށް ފައިސާ ދީފައިވާ ކަމަށް ސީލް އިން ވަނީ ބުނެފަ އެވެ. 

މީގެ ކުރިން ވެސް ސީލް އިން ވަނީ އެތަނުގައި ތިބި ބިދޭސީންނަކީ އާރުއައިއެކްސްގެ މުވައްޒަފުން ނަމަވެސް ސީލް އިން އައީ އެ މުވައްޒަފުންނަށް ރަށުގައި ހިދުމަތްތައް ދެމުންކަން ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް