ads
ޖެންޑާ މިނިސްޓަރު މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ
އީދު ފާހަގަކުރިޔަސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅުއްވާ: ޖެންޑާ މިނިސްޓަރު
އީދުގެ އުފާ ފާޅުކުރަން ބޭރަށް ނިކުތުމުގެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެދިވަޑައިގެންފި އެވެ.

ބޮޑު އީދުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، އީދުގެ އުފާ ފާޅުކުރަން ބޭރަށް ނިކުތުމުގެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމާއި ބޭރުގައި އުޅޭއިރު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށާއި މާސްކު އެޅުމަށާއި އަދި ސާފުތާހިރުކަމަށް އަބަދުވެސް ސަމާލުކަން ދިނުން އެދޭކަމަށެވެ.

މިނިސްޓަރު ފާގަކުރެއްވި ގޮތުގައި، މިއަހަރުގެ ބޮޑު އީދު ބައްދަލުކުރީ ވަރަށް އުނދަގޫ ދުވަސްތަކަކަށް ފަހުގައި ކަަމަށާއި ކޮވިޑް19 ގެ ސަބަބުން ވަރަށް ގިނަ ކުޑަކުދިން ކުޅެލާ މަޖާ ކުރަން ބޭރަށް ނުގޮސް ގޭގައި ތިބެންޖެހުނުކަމަށެވެ. އަދި މިދިޔަ ކުޑަ އީދުވެސް ގިނަ ބަޔަކަށް ފާހަގަ ކުރަން ޖެހުނީ ގޭގައި ތިބެގެންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މާތްﷲ ގެ ރަހުމަތް ފުޅާއިއެކު މިއީދުގައި ގޭން ބޭރަށް ނިކުމެ އުފާ ފާޅުކުރުމަށް ކުޑަ ފުރުސަތެއް އެންމެންނަށް ވެސް ލިބިފައިވާކަމަށެވެ. އެ ފުރުސަތު ލިބިފައި މިއޮތީ އެންމެންގެ އެއްބާރުލުމާއިއެކުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެކުދިންގެ މާމަ ކާފަ އާއިއެކު ހިގާލަން ނުދެވި އެތަށް ދުވަހަކު މަޑު ކުރަން ޖެހުނު. މިދިޔަ ކުޑަ އީދުވެސް ގިނަ ބަޔަކަށް ފާހަގަ ކުރަން ޖެހުުނީ ގޭއި ތިބެގެން. އެކަމަކު މަތްﷲ ގެ ރަހުމަތް ފުޅާއިއެކު މިއީދުގަ ގޭން ބޭރަށް ނިކުމެ އުފާ ފާޅުކުރުމަށް ކުޑަ ފުރުސަތެއް އެންމެންނަށް ވެސް މިވަނީލިބިފައި. މިކަން މިހެން މިވީ ހުރިހާ ކުޑަކުދިންވެސް އަދި އެކުދިންގެ އާއިލާތަކުންވެސް އިރުޝާދު ތަކާއި އެއްގޮތަށް އަމަލުކުރީމަ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމާއި، އަޅާލުމާއި އަދި ފަރުވާ ބޭނުންވާ ފަރާތްތަކާއި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުދިންގެ އިތުރުން، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިިބި ފަރާތްތަކާއި އަދި އަމިއްލަ އާއިލާއާއި ދުރުގައި ހިދުމަތް ދިނުމުގައި ވަގުތުތަށް ހުސްކޮށްލި މުއައްޒަފުން ދެއްކި ހިތްވަރާއި، ކެތްތެރިކަމަށް ފަހުރުވެރިވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ، ގުރައިދޫ މަރުކަޒުގެ އިތުރުން ހިންމަފުށީގެ ރިހިބިލިޓޭޝަން ސެންޓަރުގައި ތިބި ވަރަށް ގިނަ މުވައްޒަފުންވެސް އެ މަރުކަޒު ތެރޭގައި އެތަށް ދުވަހަކު ތިބެ އަދި ތަނުގައި ތިބި ހުރިހާ އެންމެންގެ ރައްކާތެރިކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަަގަ ކުރައްވާފަ އެވެ. އެހެންކަމުން މި ހުރިހާ ފަރާތްތަކަށް މިނިސްޓަރުގެ މެސެޖުގައި ވަނީ ޝުކުރު ދައްނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް