ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް
އެމެރިކާގައި ޓިކްޓޮކް މަނާ ކުރާނެކަމަށް ޓްރަންޕް ވިދާޅުވެއްޖެ
ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ ޗައިނާގެ އެޕެއް ކަމަށްވާ ޓިކްޓޮކް އެމެރިކާގައި މަނާ ކުރާނެކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ހޮނިހިރު ދުވަހުގެ ކުރިންވެސް ޓިކްޓޮކާއި ދެކޮޅަށް އެކްޒެކެޓިވް އޯޑަރެއް ސޮއިކުރެވިދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމެރިކާގެ ސެކިއުރިޓީ އޮފިޝަލުން ވަނީ ޓިކްޓޮކް އިން އެމެރިކާގެ ރައްޔިތުންގެ ޕާސަނަލް މައުލޫމާތު ހޯދާ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އެމެރިކާގައި ކޮންމެ މަހަކު އެކްޓިވްކޮށް ޓިކްޓޮކް ބޭނުންކުރާ 80 މިލިއަނެއްހާ މީހުން އުޅޭކަމަށް ރިޕޯޓްކޮށްފައިވެ އެވެ. 

އެމެރިކާގައި ޓިކްޓޮކް މަނާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު އިންޑިއާގައި މަހެއް ވަރު ކުރިން ޓިކްޓޮކް ވަނީ މަނާ ކޮށްފައެވެ. އެގޮތުން އިންޑިއާގައިވެސް އެ އެޕް މަނާ ކޮށްފައިވަނީ އެޕްއިން ގައުމުގެ ސެކިއުރިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެއީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކާ ބޮޑުވެދާނެ ކަމަށް ބަލާއި މަނާ ކުރެވުނު އެޕެއް ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް