ads
ހެރެތެރަ އައިލެންޑް ރިސޯޓް--
މިހާރު 61 ރިސޯޓާއި 4 ހޮޓަލުން ފަތުރުވެރިންނަށް ހިދުމަތްދޭ
ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ރާއްޖޭގެ 61 ރިސޯޓް މިހާރު ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި އެކު މިހާރު ހިދުމަތްދޭން ފަށާފައިވާ ރިސޯޓްތަކުގެ ލިސްޓެއް އާންމުކޮށްފަ އެވެ. 

އޭގެން ކޮންމެ ރިސޯޓެއްވެސް ހުޅުވި ތާރީހު ހިއްސާ ކޮށްފައި ވާއިރު، ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކު އެދުވަހު އެކަނިވެސް 32 ރިސޯޓެއް ވަނީ ހުޅުވާފައެެވެ. 

އޭގެ އިތުރުން އޮގަސްޓް މަހު ހުޅުވަން ހަމަޖެހިފައި ހުރި ގެސްޓްހައުސްތަކާއި ހޮޓަލްތައް ހުޅުވުން ސަރުކާރުން ފަސްކުރި ނަމަވެސް ޓްރާންސިޓް ހޮޓެލްގެ ގެ ގޮތުގައި ބޭނުން ކުރުމަށް ހަތަރު ހޮޓަލަކަށް ވަނީ ހުއްދަ ދީފަ އެވެ. އެއީ ބ. އަތޮޅު އަމިއްލަ ފުށި ރިސޯޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލް ގެ އިތުރުން ގއ. އަތޮޅުގައި ހިންގާ މެކުއާ މޯލްޑިވްސް ކޫއްޑޫ ރިސޯޓެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ފުރުސަތު ސަފާރީތަކަށް ވެސް ހުޅުވާލައިފަ އެވެ. އެގޮތުން މިނިސްޓްރީގެ ހުއްދަ އާއި އެކު 22 ސަފާރީއަކުން މިހާރު ފަތުރުވެރިންނަށް ހިދުމަތް ދެ އެވެ. 

ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތަށް ދެވަނަ ކުއާޓާ އާއި އަޅާ ބަލާއިރު، ތިން ވަނަ ކުއާޓާގައި އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ފާހަގަކޮށްފަ އެވެ. އެއީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ގިނަ ގައުމުތަކުގައި އަދިވެސް ދަތުރުފަތުރުކުރަން ލުއިތައް ދީފައި ނުވުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. 

ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރި އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް