ads
ލަކުޑި ފުނަލަކުން ފުނާ އަޅަނިކޮށް
ޕްލާސްޓިކް ފުނަލަށްވުރެ ލަކުޑި ފުނާ އިސްތަށިގަނޑަށް ރަނގަޅު؟
ކޮންމެ މީހަކުވެސް އެމީހެއްގެ އިސްތަށިގަނޑަށް އަޅާލައި ރީތިކޮށް ބެހެއްޓުމަށް ބޭނުންވާނެއެވެ. އެގޮތުން އަގު ބޮޑު ރީތިވާ ސާމާނާއި ޝޭންޕޫ އަދި ކޮންޑިޝަނާ ގަންނަ މީހުން މަދެއް ނޫނެވެ. އިސްތަށިގަނޑުގައި ތަފާތު ބާވަތުގެ ރީތިވާ ސާމާނު ބޭނުންކުރި ކަމަކު ބޭނުން ކުރާ ވައްތަރުގެ ފުނަލަކީވެސް އިސްތަށިގަނޑަށް ތަފާތު އަސަރު ކުރާނެ އެއްޗެއްކަމަށްވެ އެވެ. ޕްލާސްޓިކް ފުނަލުގެ ބަދަލުގައި ލަކުޑި ފުނާ ބޭނުންކުރަންވީ ސަބަބު ކިޔައިދޭނަމެވެ.

ލަކުޑި ފުނަލަކީ ލޭގެ ދައުރުވުން ރަނގަޅުކޮށްދޭ އެއްޗެއްކަމަށް ވެއެވެ. އަތަށް ލުއި ލަކުޑި ފުނަލަކީ އިސްތަށިގަނޑު ޑެމެޖްވާލެއް މަދު ކޮށްދޭ އެއްޗެކެވެ. ނަތީޖާއަކީ އިސްތަށިގަނޑުގައި ގުދުރަތީގޮތުން އުފެދޭ ތެޔޮ އިތުރުކޮށް، ބޯކެހުމާއި އިސްތަށިގަނޑު ޑްރައިވުމުން ރައްކާތެރިކޮށްދިނުމެވެ.

ލަކުޑި ފުނާ ބޭނުންކުރުމަކީ އިސްތަށިގަނޑު ހަލާކުވުން މަދުކޮށްދޭ އެއްޗެކެވެ. އިސްތަށި ފޭބުން ފަދަ ކަންތައް ދިމާވާނަމަ ލަކުޑި ފުނަލެއް ބޭނުން ކުރުން ރަނގަޅެވެ. ސަބަބަކީ އިސްތަށިގަނޑު ތެތް އަދި ތެތް ނޫނަސް އެފަދަ ފުނަލަކީ އިސްތަށގަނޑުގައި ގޮތް ނުޖެހި، ފުނާ އެޅޭނެ ކަހަލަ ފުނަލަކަށްވުމުންނެވެ.

ޑޭންޑްރަފް ހުންނަނަމަ ލަކުޑި ފުނާ ބޭނުންކުރުން ރަނގަޅެވެ. ޑޭންޑްރަފަކީ ގިނަ މީހުންގެ މެދުގައި އާއްމުވެފައިވާ މައްސަލައެކެވެ. ލަކުޑި ފުނަލަކީ ގުދުރަތީ ގޮތުން އިސްތަށިގަނޑުގައި އުފެދޭ ތެޔޮ ހެޔޮ މިންވަރަކަށް އިތުރުކޮށްދޭ އެއްޗަކަށްވުމުން މިއީ ސްކެލްޕް ޑްރައި ވުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. މިއީ ޑޭންޑްރަފް ފަދަ މައްސަލަތަކަށް ހައްލެއް ގެނެވޭނެ އެއްޗެކެވެ.

ކޮންމެ ވައްތަރެއްގެ ރީތިވާ ސާމާނެއް ނުވަތަ ފުނަލެއް ބޭނުން ކުރި ނަމަވެސް އިސްތަށިގަނޑަށް އަޅާލައި، އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް އާދައިގެ މަތިން ކުރާ ކަންތައްވެސް ކުރަން ވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް