ads
އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް މުއްދަތު އިތުރުކުރުން---
އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި
އިންޑިއާގެ ވައިގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ވައިގެ ބޯޑަރު ބައިނަލްއަޤްވާމީ ފްލައިޓްތަކަށް އިންޑިއާއިން ބަންދުކޮށްފައި އޮތުން އަނެއްކާވެސް އިތުރުކޮށްފައި މިވަނީ މިމަހުގެ 31 ވަނަދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ބޯޑަރުތަށް ބަންދުކޮށްފަ ބައްވާނެ މުއްދަތެއްކަމަށް މީގެ ކުރިން ލަފާކޮށްފައި އޮތީ އިއްޔެގެ ނިޔަލަށެވެ. 

ބައިނަލްއަޤްވާމީ ފްލައިޓްތަކަށް އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް އެޤައުމުގައި އުޅޭ އެހެން ޤައުމުތަކުގެ މީހުން އަނބުރާ ފޮނުވާލުމާއި ގައުމުން ބޭރުގައި އުޅޭ އިންޑިއާ ރައްޔިތުން ގެނައުމަށް މިދިޔަ މުއްދަތުގެ ތެރޭގައި ގިނަ ފުލައިޓްތަކެއް ވަނީ ބައްވާފައިވެއެވެ. 

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ވައިގެ ބޯޑަރު އިންޑިއާއިން ބަންދުކުރީ މާޗުމަހުގެ 22 ވަނަ ދުވަހުއެވެ.

އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން އިތުރުވަމުން އަންނަ އިރު އެ ގައުމަކީ މިހާރު ކޮވިޑް-19 އަށް ތިން ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ.

މިހާތަަނަށް އިންޑިއާއިން 1,722,159 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު 24 ގަޑިއިރު ތެރޭގައި އެކަނިވެސް 25,105 އާ ޕޮޒިޓް ކޭސް ފެނިފައިވެއެވެ. މީގެ އިތުރުން ބަލިން 1,121,105 މީހުން ރަނގަޅުވެފައި ވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 36,830 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް