ads
ޖާންވީ ކަޕޫރުގެ ދަ ކާގިލް ގާލް--
ދަ ކާގިލް ގާލް ޓްރެއިލާ: ޖާންވީއަށް ތައުރީފް އޮހެނީ!
ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރޭ ފިލްމު، "ދާ ކާގިލް ގާލް" ގެ ޓްރައިލާ ނެރެފި އެވެ.

ގުންޖަންގެ ރޯލުން ޒުވާން ބަތަލާ، ޖާންވީ ކަޕޫރު ފެނިގެންދާ އެެ ފިލްމަކީ ކާގިލް ހަނގުރާމައިގެ ދުވަސްވަރު އިންޑިއާގެ އެއާ ފޯސްގައި މަސައްކަތް ކުރި ހަމައެކަނި އަންހެން ޕައިލެޓްގެ ހަޔާތަށް ނެރޭ ފިލްމެކެވެ. ޝަރަން ޝަރްމާ ޑައިރެކްޓްކޮށް، ނެޓްފްލިކްއަށް ދޫކޮށްލަން ނިންމާފައިވާ އެ ފިލްމުގެ ޓްރައިލާއާއެކު ޖާންވީއަށް މިވަނީ ތައުރީފްކުރަން ފަށާފަ އެވެ.

އެގޮތުން އޭނާ ދައްކުވައިދީފައިވާ ކުޅަދާނަ އެކްޓިން މޮޅުވެގެން އެ ވާހަކަ ދަނީ ދައްކަމުންނެވެ. މީގެ ކުރިން ޖާންވީ ފެނިގެންދިޔައީ ކަރަން ޖޯހަރުގެ ދަޅަކް އިން ނަމަވެސް އެ ފިލްމު، މީހުންނަށް އެހާ ކަމުދިޔަ ކަމަކަން ނުވެ އެވެ.

ފިލްމުގެ ޓްރައިލާގައި ފެނިގެންދަނީ ކުޑައިރު އަންހެން ކުއްޖަކު ޕައިލެޓަކަށް ވުމުގެ އުންމީދުކުރާ މަންޒަރާއި ކާގިލް ހަނގުރާމައިގެ އެކި މިޝަންތަކުގައި ގުންޖަން ބައިވެރިވާ މަންޒަރެވެ. އެ މިޝަންތަކުގައި އޭނާއާއެކު ހުސް ފިރިހެނުން މަސައްކަތްކުރިއިރު އެތަނުގައި މަސައްކަތްކުރި ހަމައެކަނި އަންހެން މީހާއަށް ވުމުން ތަފާތު އުނދަގޫތަކާއި ވެސް އޭނާއަށް ކުރިމަތިލާން ޖެހޭ މަންޒަރު ޓްރައިލާއިން ދައްކުވައިދެ އެވެ.

އެ ފިލްމު ނެރެން ނިންމާފައި ވަނީ މިމަހުގެ 15 ވާ އިންޑިއާގެ މިނިވަން ދުވަހު އެވެ. ޖާންވީއާއެކު ފިލްމުގައި އަންގަދު ބޭޑީ އާއި ވިނީތު ކުމާރުގެ އިތުރުން މާނަވް ވިޖް އާއި އައިޝާ ރަޒާ ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް