ads
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރާއްޖެއެމްވީ
"ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް އިއުލާން ނުކޮށް މަޝްރޫއުތައް ދެވިދާނެ"
ދައުލަތުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އިއުލާންކުރުމެއް ނެތި ސަރުކާރުގެ މަޝްރޫއުތައް ހަވާލު ކުރެވޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
Advertisement
ދައުލަތުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އިއުލާން ކުރުމެއް ނެތި ސަރުކާރުގެ މަޝްރޫއުތައް ހަވާލު ކުރެވޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ކޮރަޕްޝަން ހުއްޓުވުމަށާއި ކޮރަޕްޝަނުގެ ހިރާސް ކުޑަ ކުރުމަށް ދައުލަތުގެ ޕްރޮކިއުމެންޓާއި ބެހޭ އިޖުރާއަތްތައް އިސްލާހު ކުރުމަށް އޭސީސީން ތައްޔާރު ކުރި ކަރުދާހަށް މަޝްވަރާ ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޭސީސީގެ މެމްބަރުން ވިދާޅުވެފައި ވަނީ 100 ޕަސެންޓް ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް އިއުލާން ނުކޮށް މަޝްރޫއުތައް ދެވިދާނެ ކަމަށް މަޝްވަރާ ދީފައި ވަނީ އެއީ ބައެއް ފަހަރު އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށް ވާތީ ކަމަށެވެ.

އެގޮތުން މެމްބަރުން ވަނީ ސަރުކާރުގެ ކުންފުންޏަކަށް 90 އިންސައްތަ ހިއްސާ އޮވެފައި ބާކީ 10 އިންސައްތަ އެހެން ފަރާތަކަށް އޮންނަ ކަމުގައިވާ ނަމަ އިއުލާނު ކުރުމަކާއި ނުލައި މަޝްރޫއު ހިންގަން ވަކި ކުންފުންޏަކަށް ދިނުމުގެ ސަބަބުން އެހެން ފަރާތަކަށް އެކަމުގެ މަންފާ ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ފާހަގަކޮށްފަ އެވެ.

އަދި ވިދާޅުވީ އެ ސަބަބާ ހުރެ އެހެން ބައެއްގެ ހިއްސާ އޮންނަ ނަމަ އިއުލާން ކުރުމެއް ނެތި ސަރުކާރުގެ މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ނިންމީ ކަމަށެވެ.

އޭގެ އިތުރުން މެމްބަރުން ވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އިއުލާން ކުރުމަކާއި ނުލައި މަޝްރޫއުތައް ދިނުމަށް ލަފާދީފައިވީ ނަމަވެސް އެކަމަކީ ވަކި ގޮތަކަށް ކަންކަން ނިންމަން ބަޔާން ކުރުން ނޫން ކަމަށް މާލިއްޔަތު ކޮމިޓީގައި ފާހަގަކޮށްފަ އެވެ.

ގުޅީފަޅު ބިން ހިއްކުމަށްޓަކައި ބޭރުގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އަށް ބިޑު ކުރުމަކާއި ނުލާ 53 މިލިއަން ޑޮލަރަށް ދީފައި ވަނިކޮށް ބިޑު ކުރުމަކާއި ނުލާ މަޝްރޫއުތައް ހަވާލު ކުރުމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ރޫހާ ހިލާފު ކަމެއް ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށް ފެންނަ، ހާމަކަން ބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކާއި އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް