ads
ޕެސްޓު
ސިމްބޮލިކް ރެކޯޑްސްގެ 'ކޯވަރެއް' މިލިއަނަކަށް ވުރެ ގިނަ ފަހަރު ބަލައިފި
ދިވެހި ހިޕްހޮޕް އަދި ރެޕް މިއުޒިކް ލޭބަލް "ސިމްބޮލިކް ރެކޯޑްސް" ގެ "ކޯވަރެއް" އަލްބަމްގެ ޓައިޓްލް ލަވަ ޔޫޓިއުބުން މިލިއަނަކަށް ވުރެ ގިނަ ފަހަރު ބަލައިފިއެވެ.
Advertisement

މިގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީމަހު ނެރުނު މި އަލްބަމަށް ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައިވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

"ކޯވަރެއް" އަލްބަމަކީ ސިމްބޮލިކް ރެކޯޑްސްގެ އަށް ވަނަ އަލްބަމެވެ. އެންމެ ފުރަތަމަ ބައިސްކޯފު މެދުވެރިކޮށް ރިލީޒްކުރި މި އަލްބަމްގައި 20 ލަވަ ހިމެނެއެވެ. އަދި މިއީ ސިމްބޮލިކް ރެކޯޑްސްގެ ހުރިހާ އެކްޓިވް އާޓިސްޓުންގެ އަޑު އެކީގައި އިވިގެންދާ ދެވަނަ އަލްބަމްކަން ވެސް ފާހަގަކޮށްލެވެއެވެ.

"ކޯވަރެއް" އަލްބަމްގެ ޓައިޓްލް ލަވައިގެ ވީޑިއޯއަކީ ޒުވާން އާޓިސްޓެއް ކަމުގައިވާ ސިމްބޮލިކްގެ ކްރިއޭޓިވް ޑިރެކްޓަރ މުސްތަފާ މުހައްމަދު (ކުލަފިހި) އަދި ސިމްބޮލިކްގެ ފަރާތުން މުހައްމަދު ނަބީލް (ޓޯއީ) އެނިމޭޝަން ހަދައި އުފައްދާފައިވާ ވީޑިއޯއެކެވެ. މި އަލްބަމްގައި ޑރ. ފާތިމަތު ޝިފްނާގެ ދެ ލަވައެއް ވެސް ހިމެނެއެވެ. އެއީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޝިފްނާގެ ފުރަތަމަ ރެޕް ލަވަ "މަންތިރި" އާއި "އޭނާ" މި ލަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް