ads
ސީއެންއެމްގެ އިތުރުކާފް ޕޮރިގުރާމްގައި އިކްރާމް ހުސެއިން ވާހަކަފުޅު ދައްކަވަނީ------ ފޮޓޯ:ސީއެންއެމް
މިވަގުތު މި އޮތީ ވަރަށް ހަރަދުނާ ވަރަށް ޒިންމާދާރު މަޖިލީހެއް: އިކްރާމް
މިވަގުތު މި އޮތީ ވަރަށް ހަރަދުނާ ވަރަށް ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއްކަމަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސެއިން ވިދާޅުވެއްޖެއެވެ.
Advertisement

މިނިވަން މުއައްސަސާތަކުން މައްސަލަތައް ބަލަން ފެށުމުން މެންބަރުން އިސްތިއުފާ ދިނިމުން އެކަންކަން ނުބެލި ދޫކޮށްލެވޭތީ ރައްޔިތުންނަށް އިންސާފް ނުލިބި ހުންނަކަން ފާހަގަކޮށް، އެކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވަން ޖެހޭކަމަށް ގަބޫލް ކުރައްވަންތޯ ސީއެންއެމްގެ އިތުރުކާފް ޕޮރޮގުރާމްގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އިކްރާމް ވިދާޅުވީ، ބައެއްމިނިވަން މުއަށްސަސާތަކަށް އަށްޔަން ކުރެވިފައި ތިބޭ ފަރާތްތަށް ތިބެނީ ވަރަށް "ރިލޭކްސް" ކޮށް ކަމަށެވެ.

އެހެންނަމަވެސް މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ 65 މެންބަރުން ވަރަށް އެކްޓިވްކޮށް ހަމަ ހުރިހާ ދުވަހަކުވެސް މަޖިލީހުގައި ބައިވެރިވެ ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުން ދާކަމަށް އިކްރާމް ވިދާޅުވި އެވެ. އެގޮތުން މަޖިލީހުން ކަމެއް ގޯސްވާނަމަ ވެސް އެކަމެއް ބަލާނެކަމަށާއި، މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އިކުރާމް ވިދާޅުވިއެވެ. 

 "އަޅުގަނޑަށް ހީވަނީ މި ބައެއް މިނިވަން މުއަށްސަސާތަކަށް އައްޔަން ކުރެވިފައި ތިބޭ ފަރާތްތަށް މަގާމުގައި ހުރެވިފައި، މަގާމުގެ ސަބަބުން އެ ވާކަމެއް ވާތީވެ އެބެފުޅުން ހަގީގަތުގައި ވަރަށް ރިލޭކްސްކޮށް އުޅޭތަން އެނގޭތޯ އަޅުގަނޑަށް ފެންނަނީ"

އިކްރާމް ވިދާޅުވީ އެބޭފުޅުން އެއަށްވުރެ ޒިންމާދާރު ވާންޖެހޭކަމަށެވެ.

މަޖިލީހުން ފިޔަވަޅު އަޅަން ފަށާއިރަށް އިސްތިއުފާ ދެނީ އެންމެ އެދެވޭ ގޮތަށް މަސައްކަތް ނުކުރެވިފައި އޮތްކަން އެނގޭތީކަމަށާއި، އެހެންކަމުން އެބޭފުޅުންނަށް އެންމެ ފަސޭހައީ އަވަހަށް ދޫކޮށްލާފައި ދިއުންކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

"މިހުރިހާ ދުވަހަކު އެހާ ކޮންފަޓަބުލްކޮށް ތިބެފައި ދެން ހަމަ މަޖިލީހުން ފިޔަވަޅު އަޅަން ފަށާއިރަށް، އެބޭފުޅުންނަށް އެނގޭ އެބޭފުޅުންނަށް އެންމެ އެދެވޭގޮަތަކަށް މަސައްކަތް ނުކުރެވިފަކަން މިއޮތީ، އެހެންވީމަ އެބޭފުޅުންނަށް އެންމެ ފަސޭހައީ އަވަހަށް ދޫކޮށްލާފައި ދިއުން."

އިކްރާމް ވިދާޅުވީ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްކަމަށެވެ. އަކުރަމް ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެމީހަކަށް ކޮންޓްރިބިއުޓް ކޮށްދެވުނުގޮތަކަށް ކޮންޓްރިބިއުޓް ކޮށްގެން އަދި އެއްވެސް ވަރަކަށް ކަމެއް ރަނގަޅު ކުރަން ބޭނުންވާ މެންބަރެއް ހުރިކަމަށް ވާނަމަ، ނޫނީ އުނދަގުލެއް ވާކަމުގައި ވާނަމަވެސް އެކަމެއް މަޖިލީހަށް ހުށަހަޅާގެން އެކަމެއް ރަނގަޅުކުރަން އެބޭފުޅުން އަމިއްލައަށް މަސައްކަތް ކުރުމަކީ އޮތްކަމެއް ކަމަށެވެ. 

އިތުރަށް އިކްރާމް ވަނީ ކަންކަން ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މިހާރަށް ވުރެ ބޮޑަށް މެންބަރުން ޒިންމާދާރުވާން ޖެހޭކަންވެސް އިކްރާމް ފާހަގަކުރައްވާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް