ads
ސުޝާންތު އަދި އަންކިތާ-
ސުޝާންތުގެ މަރުވެފައިވާ ފޮޓޯތަށް މީހުން ފޮނުވި، އެބެލުންވީ ވޭނަކަށް :އަންކިތާ
ސުޝާންތުގެ މަރުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަށް ވަރަށް ގިނަ މީހުން ފޮނުވިކަމަށާއި ފޮޓޯތަށް ފެނުނީމަ ވަރަށް އުދަގޫވިކަމަށް ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކާންޑޭ ބުނެފިއެވެ.

ރިޕަބްލިކް ޓީވީއަށް ދިން އިންޓަވިއުއެއްގައި އަންކިތާ ބުނީ ސުޝާންތު މަރުވިކަން އެގުނީ ނޫސްވެރިޔަކު ގުޅާފައި އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުންކަމަށެވެ. ނޫސްވެރިޔާ ގުޅި އިރު އޭނަ އޮތީ ނިދާފަކަމަށާއި، ފުރަތަމަވެސް އެހަބަރު އިވުނީމަ ލިބުނީ ޝޮކެއްކަމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މުޅި މީސްމީޑިއާގައި އެ ފުޓޯތަށް ދައުރުވާން ފެށިކަމަށެވެ.

ސުޝާންތުގެ ގޭތެރެއިން ނަގާފައިވާ އެކިއެކި ފުޓޯތަކާއި ވީޑިއޯތަށްވެސް ވަރަށް ގިނަ މީހުން އަންކިތާގެ ފޯނަށްވެސް ފޮނުވަމުން ދިޔަކަމަށް އޭނާ ރިބްލިކް ޓީވީއަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ. އަންކިތާ ބުނީ އެއެއްޗެހި ބެލުން އޭނާ އަށްވީ ބޮޑު ވޭނަކަށްކަމަށާއި އެ ފުޓޯތަށް ބަލަންވެސް ބޭނުންނުވި ކަމަށެވެ.

" އެ އެއްޗެހި ވައިރަލް ވަމުން ދިޔައީ ހުރިހާ ތާކު، އަހަންނަކަށް ނޭގެ އެ ލީކް ވީގޮތެއް. މީހުންދިޔައީ އަހަންނަށް އެއެއްޗެހި ފޮނުވަމުން. އަހަރެން ބޭނުމެއް ނުވި އެ ބަލާކަށް. ތިން ދުވަސް ވަންދެން ހުރިން، އެކަމަކު ވައިރަލް ވަމުން ދިޔަލެއް ބޮޑުކަމުން އަހަރެން ބޭނުންވި ކިހިނެއްތޯ ވީ ބަަލަންވެސް. "

ސުޝާންތުގެ ހަށިގަނޑު ޝީޓަށް ލީ ވީޑިއޯއެއްވެސް ދުށިންކަމަށާއި ސުޝާންތުގެ ކޮޓަރި ފަންކާގައި ފެހި ކުލައިގެ ސުކާފެއް އެލުވާފަ ހުއްޓާ އަދި ސުޝާންތުގެ މަރުވެފައިވާ ހަށިގަނޑު އެދުމަތީ އޮށްވާ ދެކުނިންކަމަށްވެސް އަންކިތާ ބުނެފައިވެއެވެ. އެއީ ބަލަން އުދަގޫ ހިތްދަތި މަންޒަރެއް ކަމަށް އޭނާ ބުނެފައިވެއެވެ. 

“ކީކޭ ބުނާނީ. އަހަންނަކަށް ނޭގޭ އެކަންކުރީ ކާކު ކަމެއް. މީހެއްގެ މަރުވެފައިވާ ފުޓޯތަކެއް ދައުރުވަމުން ދިޔައީ. އެއީ ވަރަށް ބޮޑު ހިތާމައެއް. އާއިލާއަށާއި، އޭނާދެކެ ލޯބިވާ މީހުނަށް ވަރަށް ބޮޑު ހިތާމައެއް.”

 މަހަރަޝްތްރާ ސައިބާ އިންވަނީ މި ފުޓޯތަށް ދައުރުކުރާ މީހުންނަށް އިންޒާރުވެސް ދީފައެވެ. މަހަރަޝްތްރާ ސައިބާ އިން ބުނާ ގޮތުގައި މީހެއްގެ ފުޓޯތަކެއް މީސްމީޑިއާގައި ދައުރުކުރުމަކީ ކުށެއް ކެވެ.

ބޮލީވުޑުގެ މަޝްހޫރު ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ، ރިއާ ޗަކްރަބޯޓީއަށް ގިނަ ބަޔަކު ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް