ކޮލަންބޯއާއި ރާއްޖެއާ ދެމެދު ސްރީލަންކަން އެއާލައިން އިން ދަތުރުތަށް އިއްޔެ ފަށާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ފަސިންޖަރުންނާއެކު ކުރާ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެ އެއާލައިން އިން ވަނީ ދަތުރުކުރާ މަންޒިލްތައް އިތުރުކުރަންވެސް ނިންމާފަ އެވެ.
ސްރީލަންކަން އެއާލައިނުން ބުނީ ސިއްހީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަކާއިއެކު ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
އަދި ރާއްޖެއަށް އަލުން ދަތުރު ފަށަން ނިންމާފައިވާއިރު މިމަހުގެ އެކަކުން ފެށިގެން 31 ގެ ނިޔަލަށް ވަކި ހާއްސަ ދުވަސްތަކެއް ދަތުރުކުރާނެ ކަމަށެވެ.
ސްރީލަންކަން އެއާލައިނުން ދަތުރުކުރާ މަންޒިލްތައް އިތުރުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެއަށް ފަހު އެ އެއާލައިނުން ދަނީ މަޑުމަޑުން އެއާލައިންގެ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ.
އޭގެ އިތުރުން، މިދިޔަގެ 15 ވަނަ ދުވަހު ސްރީލަންކަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، އެއާލައިނުން ދިޔައީ ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ބާއްވަމުންނެވެ. އަދި މިމަހުން ފެށިގެން ރާއްޖެއަށް ހަފްތާއަކު ހަތް ދަތުރުކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ރާއްޖެއަށް ދަތުރުތައް ފެށުމަށް ބައިނަލްއަގްވާމީ 11 އެއާލައިނަކުން ވަނީ ޝެޑިއުލްކޮށްފައެވެ. އަދި މިއަަހަރުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުން ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންދާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެ އެވެ.