ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް--
ސިނގިރޭޓަށް ކުރާ ހޭދަ މިއަދު ބޮޑުވުމުން ކަންބޮޑުވިޔަސް ފަހުން ފައިދާވާނެ: މަހްލޫފް
ސިނގިރޭޓަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުން މިއަދު ކަންބޮޑުވިޔަސް ފަހުން ފައިދާވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހްލޫފް، އެގޮތަށް ވިދާޅުވެފައި މިވަނީ 75 ރުފިޔާއިން 95 ރުފިޔާއަށް ސިނގިރޭޓް ފޮއްޓެއްގެ އަގު އުފުލުމާއެކު އާންމުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި އިތުރުވެފައިވާތީ އެވެ. 

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިނގިރޭޓަށް މިއަދު ކުރަންޖެހޭ ހޭދަ ބޮޑުވެގެން ހިތްހަމަނުޖެހުނަސް މާދަމާ ދުންފަތާއި ދުރުހެލިވެ، އެކަމަށް ހަރަދުކުރާ އެތައްހާސް ރުފިޔާއެއް ސަލާމާތްކުރެވި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ ކަމަށެވެ. 

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަށް އިއްޔެ އަމަލުކުރަން ފަށާފައިވާއިރު ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ނަގާ ޑިއުޓީ ވަނީ 200 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. 

އެކަމަކު ސިނގިރޭޓްގެ އަގު ބޮޑުކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ފަރާތްތަކުން ބުނަމުންދަނީ ހަގީގަތުގައި ވެސް ސިނގިރޭޓް ބޯ މީހުން މަދުކުރަން ބޭނުންނަމަ އޭގެ އަގު އުފުލުމުގެ ބަދަލުގައި އެތެރެކުރުން ސަރުކާރުން ހުއްޓާލާނެ ކަމަށެވެ.

ދުންފަތާއި ދެކޮޅަށް ރާއްޖޭގައި މަސައްކަތްތައް ކުރަމުން އަންނައިރު ސިއްހަތުގެ އިންޒާރު ޖެހި ފޮޓޯ ނުހިމަނާ ސިނގިރޭޓް ވިއްކުމާއި ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ. 

އެވްރެޖު ގޮތެއްގައި ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް 460 މިލިއަން ސިނގިރޭޓް އިމްޕޯޓް ކުރެ އެވެ. އެއީ އަހަރަކު 1.6 ބިލިއަން ރުފިޔާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އާބާދީގެ 35 އިންސައްތަ ފިރިހެނުން އަދި ތިނެއް އިންސައްތަ އަންހެނުންނަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް