ads
ރިތިކް އާއި ކްރިތީ--
ކްރިޝް 4 އަކަށް ކްރިތީ!
ރިތިކް ރޯޝަންގެ ކުރިއަށް އޮތް މަސައްކަތަކީ ކްރިޝް4 ކަމަށް މީޑިއާ ރިޕޯޓްތައް ބުނިނަމަވެސް އެކަން އޭނާ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ރާކޭޝް ރޯޝަން ޑައިރެކްޓްކޮށް ނެރުނު ކްރިޝްގެ ފިލްމުތަކަކީ ހިޓު ފިލްމުތަކެކެވެ. މީގެ ކުރިން ރާކޭޝް ވަނީ އެ ފިލްމުގެ ހަތަރު ވަނަ ބައިގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު މިހާރު އަޑުތައް އަރާ ގޮތުގައި ފިލްމަށް ބަތަލާއެއް ވެސް މިވަނީ ހޯދާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ ހަތަރުވަނަ ބައިގައި މަސައްކަތް ކުރަން ކްރިތީ ސަނޯންނާއެކު މިހާރު ވަނީ ސޮއި ވެސް ކޮށްފަ އެވެ. އެކަމަކު އެކަން އޭނާ ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

އެގޮތަށް އެކަން ވެއްޖެނަމަ އެ ފިލްމުވެގެންދާނީ ކްރިތީ އާއި ރިތިކް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެެވެ.

ޓައިގާ ޝްރޮފް އާއެކު ހީރޯޕަންތީ އިން ބޮލީވުޑަށް ތައާރަފުވި، ކްރީޓީ ވަނީ ހައުސްފުލް4 އާއި ރާބްތާ އަދި ލުކާ ޗުއްޓީ އިން ފެނިގެންގޮސްފަ އެވެ. 

ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރި ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ، ޓައިގާ ޝްރޮފް އާއެކު "ވޯ" އިންނެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް