ads
ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް
ގިނަ ދުވަސްތަކަކަށް ފަހު އަނަސް މަރުގެ މައްސަލައިގެ އަޑުއެހުމެއް ބާއްވަނީ
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްސަލަތަކުގެ ޝަރީއަތް އަންގާރަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ގިނަ ދުވަސްތަކަކަށް މެދު ކެނޑުމަށްފަހު އަނަސްގެ މަރުގެ މައްސަލަ އަލުން ތާވަލުކޮށްފައިވަނީ، އަންގާރަ ދުވަހުގެ މެންދުރު 13:00 އަށެވެ. 

އަނަސް މަރުގެ ދައުވާ ލިބޭ މީހުންގެ ޝަރީއަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. 

އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ތައާވަލުކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނަސްއަށް ހަމަލާދީ ގްރޫޕަކުން އޭނާ މާރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒާއި، ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މީގެއިތުރުން މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، މ. ދިމިޝްގު އުސްމާން ޝަރީފްގެ އިތުރުން ޅ. ކުރެންދޫ އަސަރުމާގެ އަހްމަދު ޒަޔާނުގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް