
މި ހަރަކާތަކީ އޫރިދޫއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނަ "ގްރޯ ވިތް އޫރިދޫ" ޕްރޮގްރާމްގެ ދަށުން ބޭއްވުނު ހަރަކާތެކެވެ. މި ޕްރޮގްރާމަކީ ރަށްރަށުގެ ތިމާވެށި ރަގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން އޫރިދޫއިން ބ.ފުޅަދޫގައި ރުއް އިންދުން
ބ. ފުޅަދޫ ކައުންސިލާ ގުޅިގެން ހިންގުނު މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ރުއް އިންދާފައިވެއެވެ. މިގޮތުން އިންދާފައިވަނީ ދިވެހި ރުކެވެ. މި މަސައްކަތް ކުރަމުން ދަނީ ދުރު ރާސްތާގައި ރަށުގެ ތިމާވެއްޓަށް ފައިދާ ކުރާނެ ގޮތަށެވެ. އަދި ހަމަ އެހެންމެ ރަށުގެ ދިރޭތަކެތީގެ ނަސްލުތަކަށް އެހީވުމާއި، ރައްޔިތުންނަށް ހިޔާވަހިކަން ލިބޭނެ ސަރަހައްދުތައް އިތުރުކުރުމަށްވެސް ބާރުއަޅައެވެ.
އޫރިދޫގެ މި ހަރަކާތަކީ ގްރޯ ވިތް އޫރިދޫ ޕްރޮގްރާމްގެ ދަށުން އެކި ރަށްރަށުގެ ކައުންސިލްތަކާއި، ސްކޫލްތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އޫރިދޫގެ މި ޕްރޮގްރާމަކީ އެކުންފުނީގެ އަސާސީ އަގުތަކާއި އެއްގޮތަށް ރަގަޅު މުސްތަގުބަލެއް ބިނާކުރުމަށް އެހީވުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި އޫރިދޫއިން މި ހަރަކާތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިން ބ. ފުޅަދޫ ކައުންސިލަށް ޝުކުރު އަދާކޮށްފައިވެއެވެ.