ads
ކުޑަކުދިން ޓީވީ ބަލަނިކޮށް
ލޮލުގެ ދުޅަހެޔޮކަމަށް ހެޔޮވެގެންވާ ކާނާއަކީ ކޮބާ؟
ހަލުވިކަމާއެކު ކޮވިޑް-19 ފެތުރުމާއެކު އައި ބަދަލުތަކާއެކު ކޮންމެ މީހަކުވެސް ވަނީ "ނިއު ނޯމަލް" އަށް ފެތޭ ގޮތަށް ދިރިއުޅުން ބައްޓަން ކޮށްފައެވެ. ބޭރަށް ދިއުމުގައި ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކަކާއެކު ގާތްގަނޑަކަށް ހުރިހާ ކަމެއްވެސް ވަނީ ވާޗުއަލް ކޮށްފައެވެ.

ނަމަވެސް ތިމާގެ ދަރިފުޅު ކޮންމެ ދުވަހަކު ސްކޫލުގެ ފިލާވަޅުތައް ހެދުމަށް ސްކްރީނެއް ކުރިމަތީގައި އިނުމަކީ ލޮލުގެ ދުޅަހެޔޮކަމަށް އެދެވިގެން ނުވާ އަސަރުތަކެއް ކުރާނެ ކަމެކެވެ. އެގޮތުން ޓައިމްސް އޮފް އިންޑިއާގައިވާގޮތުގައި ލޮލުގެ ދުޅަހެޔޮކަމަށް ހެޔޮވެގެންވާ ކާނާތަކެއް ކިޔައިދޭނަމެވެ.

ޗީސް އަދި ބިހަކީ އެފަދަ ކާނާތަކުގެ ތެރޭގައި އެކުލެވިގެންވާ ކާނާތަކެކެވެ. ވިޓަމިން އޭ އިން މުއްސަނދި އެ ކާނާގެ ބާވަތްތަކަކީ ލޮލުގެ ދުޅަހެޔޮކަމަށް ރަނގަޅު ކާނާތަކެކެވެ. ބިހުގެ ރީނދޫ ބަޔަކީ ލުޓެއިން ފަދަ މާއްދާއެއް އެކުލެވިގެންވާ ބައެކެވެ. އެއީ ލޮލަށް ރަނގަޅު އެއްޗެއްވެސް މެއެވެ. އެގޮތުން ބިސްގަނޑެއް ތައްޔާރު ކޮށްލާފައި މައްޗަށް ޗީސް އެޅިދާނެ އެވެ.

އާމޮންޑް އަކީ ފާހަގަކޮށްލެވޭ އެހެން ކާނާއެކެވެ. ވިޓަމިން އީ އިން ފުރިފައިވާ އާމޮންޑަކީ ކާލަން މީރު އަދި ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ބަނޑުހައި ވެއްޖެނަމަ ކެވިދާނެ އެއްޗެކެވެ.

ތަރުކާރީގެ ބާވަތްތަކަކީވެސް އެތައް ފައިދާތަކެއް ކުރާނެ ބާވަތްތަކެކެވެ. ނިއުޓްރިއަންޓްސްއިން މުއްސަނދި ތަރުކާރީގެ ބާވަތްތަކަކީ ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން ކޭ އެކުލެވިގެނަވާ ބާވަތްތަކެކެވެ. އެ ހުރިހާ ނިއުޓްރިއަންޓްސްއަކީ ލޮލުގެ ދުޅަހެޔޮކަމުގެ އިތުރުން މީހާގެ ސިއްހަތަށްވެސް ނުހަނު ރަނގަޅު ކާނާތަކެކެވެ.

މޭވާއަކީ ވެސް ލޮލުގެ ދުޅަހެޔޮކަމަށް ކެއުން ރަނގަޅު އެއްޗެކެވެ. މިއީ ވިޓަމިން އޭ އިން ފުރިފައިވާ ކާނާތަކެކެވެ. އެގޮތުން ތމާގެ ދަރިފުޅު ބަނޑުހައި ވެއްޖެނަމަ އެކި ވައްތަރުގެ މޭވާ ކޮށާފައި ދެވިދާނެއެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް