ads
ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވުން--
ބާރުގަދަ ގޮވުމާއެކު ބެއިރޫތުގެ ތިން ލައްކައެއްހާ މީހުން މަގުމަތި ވެއްޖެ
ލުބުނާންގެ ވެރިރަށް، ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާއި، ލިބުނު ގެއްލުންތަކާއެކު ތިން ލައްކައެއްހާ މީހުން މަގުމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"އަލްޖަޒީރާ" ގައި ރިޕޯޓްކުރާ ގޮތުގައި ބެއިރޫތުގެ ޕޯޓް ސަރަހައްދުގައި ހުރި ގުދަނެއްގައި ގޮވި އެ ގޮވުމާއެކު އެ ސަރަހައްދުގެ ގިނަ ގެތަކެއް ވަނީ ބިމާ ހަމަވެފަ އެވެ. އެގޮތުން ބެއިރޫތުގެ ގަވަރުނަރު، މަރްވާން އަބޫދްއާ އާއި ހަވާލާދީ އަލްޖަޒީރާ އިން ބުނާ ގޮތުގައި 20،000 އާއި 25،000 އާ ދެމެދުގެ އަދަދެއްގެ މީހުން ވަނީ އެ ހާދިސާއާއެކު މަގުމަތިވެފަ އެވެ. 

2014 ވަނަ އަހަރުގެ ތެރޭގައި ތައްޔާރުކުރި ސެކިއުރިޓީ ރިޕޯޓުގައިވާ ގޮތުން ވެސް އެތަނުގައ ގޮވާ ޒާތުގެ ތަކެތި ބަހައްޓާފައި ހުރީ އެންމެ ރައްކާތެރި ގޮތުގައި ނޫން ކަމަށް އެނގެން އޮތް ކަމަށް ގަވަރުނަަރު ވަނީ ވިދާޅުވެފައެވެ. އެކަމަކު އެ ހާދިސާ ހިނގި ސީދާ ސަބަބު އަދި ސާފެއް ނުވެ އެވެ. 

މުޅި ސަރަހައްދު ސުންނާފަތިވެ ލިބުނު ގެއްލުމުގެ އަދަދު އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ބެއިރޫތުގެ މޭޔަރު، ޖަމާލް އިތާނީ ވަނީ ރެއުޓާސް ނިއުސް އެޖެންސީއަށް ވިދާޅުވެފަ އެވެ.

ފްރާންސް އާއި ތުރުކީ ފަދަ ގައުމުތަކުން ވަނީ އެހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ހާދިސާގައި މަރުވި މީހުންގެ އަދަދު 100 އާ ގާތްކުރާއިރު އަނިޔާ ލިބުނު މީހުންގެ އަދަދު 4000 އަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ރެސްކިއު ވޯކަރުން ކުރަމުން އަންނައިރު މަރުވި މީހުންގެ އަދަދު އެއަށް ވުރެ މަތިވާނެ ކަމަށް ވެސް ލަފާކުރެ އެވެ. 

އެ ހާދިސާއާ ގުޅިގެން ލެބަނީސް ރައީސް މިޗެލް އައުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ދެ ހަފްތާގެ މުއްދަތަކަށް ސްޓޭޓް އޮފް އެމަޖަންސީގެ ހާލަތު އިއުލާން ކޮށްފައެވެ.

ލުބުނާންގެ ރައީސް ވިދާޅުވީ 66 މިލިއަން ޑޮލަރުގެ އެމަޖަންސީ ފަންޑު އެ ގައުމުގެ ސަރުކާރުން ދޫކުރެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް