ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޖަޕާންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާ
ޖަޕާނު ސަރުކާރުގެ އެހީގައި ކޮންމެ އަހަރަކު ރާއްޖެއަށް ހަ ސްކޮލާޝިޕް ދެނީ
ޖަޕާނު ސަރުކާރުގެ ފަރާތުން ކުރިއަށްއޮތް ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތު ދޭގޮތަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެއާއި ޖަޕާނުގެ ސަރުކާރާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ދިވެހި ކިޔަވާ ކުދިންގެ ތެރެއިން ހަ ދަރިވަރަކަށް މި ފުރުސަތު ދޭން ނިންމާފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރައްވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިިދާޅުވިީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތްތަކަށް މި ސްކޮލާޝިޕްތަކުގެ ސަބަބުން ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަަމަށެވެ. އަދި އެކަމަށްޓަކައި ޖަޕާނު ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާކުރަށްވާފައެވެ. 

މީގެ އިތުރުން ރާއްޖޭގައި އިންސާނީ ވަސީލާތްތައް އިތުރަށް ތަރައްގީ ކުރަން އެހީވުމުގެ ގޮތުން ޖަޕާން ސަރުކާރުން ދީފައިވާ އެހީތަށް ފާހަގަކޮށް ޝުކުރު ދަންނަވާ ޝާހިދުވަނީ ޓްވީޓް ވެސް ކުރައްވާފައެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާ އެވެ. 

 މިއަދު މި ސޮއި ކުރެވުނު އެއްބަސް ވުމަކީ ރާއްޖޭގައި އިންސާނީ ވަސީލާތްތައް އިތުރަށް ތަރައްގީ ކުރަން އެހީވުމުގެ އަމާޒުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސް ވުމުގެ ދަށުން ޖަޕާން ސަރުކާރުގެ ފަރާތުން އިތުރު އެހީތަށްވެސް ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް