ads
ތާރާ އާއި އާދަރު--
އާދަރުއަކީ ލޯބިވެރިޔާ ކަމަށް ތާރާ އެއްބަސްވެއްޖެ
ސްޓޫޑަންޓް އޮފް ދަ އިޔާ ދެ އަކުން ބޮލީވުޑަށް ތައާރަފުވި ތާރާ ސުތާރިއާ އާއި އާދަރު ޖެއިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްވެއްޖެ އެވެ.
Advertisement

އިއްޔެ އާދަރު ޖެއިންނަށް 26 އަހަރުވުމާއި ގުޅިގެން ދުވަހުގެ ތަހުނިޔާ ފޮނުވުމަށް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ފޮޓޯއާއެކު ތާރާ ވަނީ އެކަން އިއުލާންކޮށްފަ އެވެ. 

މީގެ ކުރިން ވެސް މި ދެތަރިން އެކުގައި އުޅޭ މަންޒަރު އާންމުވެ ގިނަ ބަޔަކު ވަނީ ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެފަ އެވެ. 

އެގޮތުން ކޮވިޑުގެ ކަންތައްތައް ފެށުމުގެ ކުރިން މިއަހަރުގެ ތެރޭގައި ސައިފް އަލީ ހާންގެ ކޮއްކޮ، ސޮހާ އަލީ ހާން އާއި ކުނާލް ކެއްމޫގެ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕާޓީއެއްގައި ވެސް އެ ދެ މީހުން ބައިވެރިވި އެވެ. 

ގިނަ އަދަދެއްގެ ތަރިންނަށް ދައުވަތު ދިން މިޕާޓީގައި ތާރާ އާއި އާދަރު އެކުގައި އެއް ކާރެއްގައި އައުމުން ގިނަ ބަޔަކު ވަނީ އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ގަބޫލުކޮށްފަ އެވެ.

މީގެ ކުރިންވެސް މިގޮތަށް ދެ ތަރިން އެކުގައި ކެއުންތަކަށް ގޮސް އުޅެނިކޮށް ޕަޕަރާޒީންނަށް ފެނިފައި އެބަހުއްޓެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ އަކީ ލަވަކިޔުންތެރިއެއް އަދި ނެށުންތެރިއެއް ވެސް މެއެވެ. އޭނާ ވަނީ ތާރޭ ޒަމީން ޕަރް އާއި ގުޒާރިޝް އަދި ޑޭވިޑް ފަދަ ފިލްމުތަކަށް ލަވަ ކިޔާފަ އެވެ. 

ރާޖު ކަޕޫރުގެ ކާފަ ދަރިފުޅު، އާދަރަކީ ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތެކެވެ. އޭނާ ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް