ads
އަގީލް އަދި އެފްއޭގެ ކުރީގެ ޖީއެސް ޖަވާޒް
އެފްއޭއެމް އިނދަޖައްސާލި ގްރޫޕުގެ ޝަރީއަތް މާދަމާ
އެފްއޭއެމަށް އެކި ފަރާތްތަކަށް ދިން ފައިސާއަށް ހިޔާނަތްތެރިވެ، މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތު ކުރެވޭ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެ އިދާރާގެ އެކި މަގާމްތައް އަދާކުރި ހަސަން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
Advertisement

އެފް.އޭ.އެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އެފް.އޭ.އެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަގީލްއާއި ހަސަން ވަހީދުގެ އިތުރުން އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާ ކުރެއެވެ.

މުހައްމަދު އަގީލް އަދި ހަސަން ވަހީދުގެ އިތުރުން އަމީން ކޮންސްޓްރަކްޝަނަށްވެސް ދައުވާކުރަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ.

އެފްއޭއެމްގެ ހިޔާނާތާއި ގުޅިގެން ބައްސާމް އަދީލް ޖަލީލްގެ މައްޗަށްވެސްވަނީ ދައުވާކޮށްފައެވެ. ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. 

މީގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް