
ފިޒާނާ މިހެން ވިދާޅުވެފައި މިވަނީ ވަޒީފާ އާއި މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފައިވަނިކޮށެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައިކުރުމަށް ސައްހަ ނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފިޒާނާ ސޯޝަލް މީޑއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްކިއުއޭއަށް މިދިޔަ ހަފުތާ ތެރޭގައި ފޯޖުކޮށްފައިވާ ސަނަދެއް ލިބިފައިވާ ކަމަށެވެ، އެ މައްސަލަ އަންނަ ހަަފުތާގައި ފުލުހަށް ހުށަހަޅާނެ ކަން ފާހަގަކުރައްވަމުން ފިޒާނާ ވިދާޅުވީ އެ މައްސަލައިގައި އެންމެ ދެރަވަނީ، ފޯޖުކޮށްފައިވާ ސަނަދާ އެއްކޮށް މުހިންމު ދާއިރާތަކުގައި މީހުން ވަޒީފާތަކުގައި އުޅޭތީ ކަމަށެވެ.
ފިޒާނާ ވިދާޅުވީ ވަގު ސަނަދުތަކަށް މަގުހުޅުވުނީ 2017ގައި އެމްކިއުއޭއިން ރާއްޖޭގައި ހިންގާ ކޯސްތަކުގެ ސަނަދުގައި ސްޓޭމްޕު ޖެހުން ހުއްޓާލުމާ ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނުން އެ އޮތޯރިޓީއާ މަޝްވަރާކޮށް، ގެންގުޅުން ނުރަނގަޅު އުސޫލެއްގެ ސަބަބުން ކަމަށެވެ.
އެހެންވެ މިދިޔަ އަހަރުގެ ތެރޭގައި އެ އުސޫލު އެމްކިއުއޭއިން ހުއްޓުވާފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ. އަދި 2017ގެ ޕްރޮގްރާމް އޮޑިޓް އަލުން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޒާނާ ވިދާޅުވިއެވެ.