ads
ޓާކިޝް އެއާލައިންސްގެ ފްލައިޓް
ޓާކިޝް އެއާލައިންގެ ދަތުރުތައް ކޮންމެ ހަފްތާއަކު އެއް ދުވަހު
ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހަފްތާއަކު އެއް ދުވަހަށް ތާވާލު ކޮށްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ޓާކިޝް އެއާލައިން އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ދަތުރުތައް ފަށާފައި ވާއިރު، ކޮންމެ ހަފްތާ އަކު އެއް ދުވަހު ރާއްޖެއަށް ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓް އެކްސްޕަޑައިޓް މޯލްޑިވްސްއިން ބުނެ އެވެ. 

އެގޮތުން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ޓާކިޝް އެއާލައިންގެ ދަތުރު ރާއްޖެއަށް ކުރުމަށް ހަމަޖެހިފައި ވާއިރު، އޮގަސްޓް ހަތެއް، 14 އަދި 21 ވަނަ ދުވަހަށް ފްލައިޓްތައް ވަނީ ތާވާލުކޮށްފައި އެވެ. 

ކޮވިޑް-19 ގެ ސަބަބުން ޓާކިޝް އެއާލައިން އިން ޕަސެންޖަރުން އުފުލައިގެން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލި ނަމަވެސް އެ އެއާލައިންގެ ކާގޯ ފްލައިޓްގެ ދަތުރުތައް ވަނީ ކުރިއަށް ގެންގޮސްފައި އެވެ. 

ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ފަށަން މީގެ ކުރިން ނިންމާފައި އޮތީ އޮކްޓޫބަރު މަހު އެވެ. 

ތިން މަސްދުވަހަށް ވުރެ ގިނަ ދުވަހު ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލުމާއި އެކު މިހާރުވެސް 12 އެއާލައިނަކުން ރާއްޖެ ދަތުރުކުރަން ތާވާލުކޮށްފައި ވާކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެ އެވެ.

މިހާރުވެސް އެމިރޭޓްސް އާއި އިއްތިހާދު ފަދަ ބޮޑެތި އެއާލައިންތަކުން ރާއްޖެ އަށް ދަތުރުކުރަން ފަށާފައި ވާއިރު، އެމިރޭޓްްސް އިން ވަނީ ރާއްޖެ އަށް އޮތް ޑިމާންޑް އިތުރުވުމާއި ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފަ އެވެ.  

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު 1769 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް