ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް މިއަދު ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ކޮވިޑް-19 ޖެހުނު ފަތުރުވެރިންގެ އަދަދު ހަޔަށް އަރައިފި
ރާއްޖެ އިން ކޮވިޑް-19 ޖެހުނު ފަތުރުވެރިންގެ އަދަދު ހަ އަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދޭ ގޮތުގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި އެކު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ހަ ފަތުރުވެރިން ވަނީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި އެވެ. 

އެގޮތުން ރާއްޖޭގެ ހަތް ރިސޯޓެއްގައި މިވަގުތު އެކްޓިވް ކޭސްތައް އެބަހުރި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އޭގެ އިތުރުން ރިސޯޓް މުވައްޒަފުންގެ ތެރެއިން ނުވަ މުވައްޒަފަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 89 މީހުންނެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 19 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ހަ މީހަކާއި ސްރީލަންކާގެ އާއި ބްރިޓިޝްގެ ދެ މީހަކާއި އެމެރިކާ އަދި އީޖިޕްޓުގެ މީހެއް ކަމަށެވެ. 

އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 4,769 އަށް އަރާފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލުމާއި އެކު މިދިޔަ މަހު އެކަނިވެސް 1769 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް