ads
މާކް ޒަކަބާގް ފޮޓޯ:---
ފޭސްބުކްގެ ވެރިޔާ، ޒަކަބާގް ސެންޓި ބިލިއަނަރަކަށް!
މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯ، ފޭސްބުކްގެ ވެރިޔާ، މާކް ޒަކަބާގް ސެންޓި ބިލިނިއަރަކަށް ވެއްޖެ އެވެ.

ޒަކަބާގްގެ އާމްދަނީ 100 ބިލިއަން އިން މައްޗަށް ދިޔައީ ފޭސްބުކްގެ ހިއްސާގެ އަގު ބާޒާރުގައި %6.5 މައްޗަށް އުފުލުމާއި ގުޅިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކްގެ ހިއްސާގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔައީ މިދިޔަ ހަފްތާގައި ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ އިންސްޓަގްރާމް އިން ޓިކްޓޮކް އާއި ވާދަ ކުރުމަށް އާ އެޕެއް ލޯންޗު ކުރުމާއި ގުޅިގެންނެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އެގައުމުގައި ޓިކް ޓޮކް ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އިންސްޓަގްރާމްއިން ނެރުނު "ރީލްސް" އެޕްއަށް ދަނީ ގިނަ ބަޔެއްގެ ތަރުހީބު ލިބެމުންނެވެ. ރީލްސްއަކީ ޓިކްޓޮކް އެކޭ އެއްފަދައިން ކުރު ވީޑިއޯ ޝެއާކޮށްލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ އެޕެކެވެ. ބިލިއަނަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އަވަށްޓެރި އިންޑިއާއިން ވަނީ މިދިޔަ މަހު ޓިކްޓޮކް އެގައުމުގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ. މިއާއެކު އެ އެޕަށް ވަނީ ވަރަށް ބޮޑެތި މާލީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އެޕް ވިއްކާލަން އުޅޭ ވާހަކަތަކެއް ވެސް ދަނީ ފެންމަތިވެފައެވެ.

އުމުރުން 36 އަހަރުގެ ޒަކަބާގް ދުނިޔޭގެ ސެންޓި ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދިއިރު އޭނާގެ އިތުރުން ދެން މި ލިސްޓުގައި ހިމެނެނީ، ދެ ވިޔަފާރި ވެރިއެކެވެ. އެއީ އެމޭޒަންގެ ޗީފް އެކްޒެކެޓިވް އޮފިސާ، ޖެފް ބެޒޮސް އާއި މައިކްރޮސޮފްގެ ކޯ ފައުންޑާ، ބިލް ގޭޓްސް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް