ads
އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރުތަކެއް:
އިމްޕޯޓް ކުރާ މުދަލުން ރެވެނިއު ޗާޖެއް ނެގުމަށް ޓްރޭޑް ޔޫނިއަނުން ތާއީދުކޮށްފި
ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތުން އަރައިގަނެވެންދެން ރާއްޖެ އަށް އިމްޕޯޓް ކުރާ މުދަލުން ރެވެނިއު ޗާޖް އެއް ނެގުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ތާއީދުކޮށްފި އެވެ.

އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމްޕޯޓް މުދަލުން ޑިކްލެއާ ކުރާ އަގުން ރެވެނިއު ޗާޖްގެ ގޮތުގައި އެއް އިންސައްތަ ދައުލަތުން ނެގުމަށް އެޔޫނިއަން އިން ތާއީދުކުރާ ކަމަށެވެ. 

އެ ބާޔާނުގައި ޔޫނިއަން އިން ވަނީ މުޅި ދުނިޔޭގެ އިގްތިސާދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ހީނަރުވެ އާމްދަނީ ލިބެމުން އައި ހުރިހާ ވަސީލަތްތަކެއް މުޅިންހެން ހުއްޓިފައިވާކަން ފާހަގަކޮށް މިދަނޑިވަޅުގައި ވެސް ދައުލަތުގެ ހިންގުން ދެމިއޮތުމަށްޓަކައި ދައުލަތަށް އާމްދަނީ ލިބެނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް ބުނެފަ އެވެ. 

ދައުލަތުން މި ނާޒުކު ދުވަސް ވަރުގައި ވެސް ގިނަ ބާވަތްތަކުން ޑިއުޓީ ކުޑަކޮށް އަދި ބައެއް އައިޓަމްތަކުން ޑިއުޓީ މައާފްކުރި ކުރުން ޔޫނިއަނުން ބަލައިގަންނަކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ޝިޕިން އޭޖެންސީތަކާއި ލޯކަލް ފޯވާޑުން ދިވެހި އިމްޕޯޓަރުން އަތުން އެކި ނަންނަމުގައި ނަގަމުންދާ ނާޖާއިޒް ފައިސާ ނެގުން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި އެ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށް ޓްރޭޑް ޔޫނިއަން އިން ވަނީ ގޮވާލައިފަ އެވެ. 

މިހާލަތުން އަރައިގަތުމަށް ދައުލަތުގެ ހިންގުމުގެ ހަރަދު ވީހާވެސް ކުޑަކުރަން ޖެހޭ ކަމަށާއި ކޮރަޕްޝަނަށް ފަހިވާގޮތަށް ހުރި ކަންކަމަށް އަވަސް ހައްލެއް ވެސް ލިބެންޖެހޭ ކަމަށް ޔޫނިއަން އިން ވަނީ ބަޔާނުގައި ބުނެފައި އެވެ. 

ރާއްޖޭގެ އުފެއްދުންތެރިކަން އެންމެ ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް ތަފާތު ސިނާއަތްތަކަށް މަގުފަހިވެފައިވާ އިގްތިސާދީ މެކޭނިޒަމެއް އަވަސް ގޮތަކަށް ވުޖޫދުވާންޖެހޭ ކަމަށް ވެސް ޓްރޭޑް ޔޫނިއަން އިން ވަނީ ބުނެފަ އެވެ. އަދި މިކަން ހާސިލް ކުރުމަށް ތަފާތު ސިނާއަތްތަކަށް މަގުފަހިވާ އިގްތިސާދީ ނިޒާމެއް އަވަސް މުސްތަގުބަލެއްގައި ވުޖޫދު ވާންޖެހޭކަމަށްވެސް އެ ޔޫނިއަން އިން ބުނެ އެވެ. 

މިބަޔާނުގައި ޔޫނިއަން އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ނާޒުކު އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތަށް ތާއީދުކުރާ ކަމަށާއި މިހާލަތުން އަރައިގަތުމަށް ސަރުކާރަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެ ޔޫނުއަން އިން ދޭނެ ކަމަށް ބުނެފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް