ads
މާފުށި ޖަލު -- ފޮޓޯ:މިހާރު
ޖުލައި މަހު މާފުށީ ޖަލުން 229.18 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަންފަިވޭ
ޖުލައިމަހު ޖަލުގައި ކަރެކްޝަންސް އާއި ފުލުހުން ކުރިއަށް ގެންދިޔަ އޮޮޕަރޭޝަންތަކުގެ ތެރެއިން 229.18 ގުރާމުގެ މަސްތުވާތަކެތި އަތުލައި ގަނެފައިވާކަމަށް ކަރެކްޝްންސްއިން ބުނެފި އެވެ.
Advertisement

ކަރެކްޝަންސް އިން ހާމަ ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާފުށީ ޖަލުން 229.18 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައި ވާއިރު 21 ފޯނުގެ އިތުރުން 14 ޗާޖަރާއި ، 34 ސިމްކާޑު އަތުލައިގަނެފައިވެއެވެ. އޭގެ އިތުރުން އެއް ހެޑް ފޯނާއި ޖަލަށް ވެއްދުން މަނާ ތަކެތި މި އޮޕަރޭޝަންގެ ތެރެއިން އަތުލައިގެންފައިވެއެވެ.

މާލޭ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން 13 ފޯނާއި ހަތަރު ސިމް ކާޑު އަދި ދެ ހެޑް ފޯނާއި އަށް ފޯނަށް ލައްވާ ބެޓެރީގެ އިތުރުން ޖަލަށްވެއްދުން މަނާ އިތުރު ތިން އެއްޗެއް ކަރެކްޝަންސް އިން ވަނީ އަތުލައިގަންފައެވެ.

އައްސޭރި ޖަލުގައިވެސް އޮޕަރޭޝަންތަށް ކުރިއަށް ގެންގޮސްފައިވާއިރު އެތަނުން އަތުލައިގަންފައިވަނީ 10 ފޯނާއި 05 ޗާޖަރެވެ. 

މީގެ އިތުރުން ކަރެކްޝަންސް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ބަންދުކޮށްފައިވާ މީހުންނަށް ފޯންކޯލް ގެ ފުރުސަތު ކަރެކްޝަންސް އިން ދިން އިރު މާފުށިން މުޅި ޖުމުލަ 2846 ކޯލް ކުރުމުގެ ފުރުސަތު ގައިދިންނަށް ދީފަވެއެވެ. 

އޭގެތެރެއިން 2767 ކޯލެއް އައިލީ ބައްދަލުވުންތަކަށް ބޭނުން ކޮށްފައި ވާއިރު ލޯޔަރުންނާއި ބައްދަލު ކުރުމަށް 36 ކޯލް އަދި އެހެނިހެން ބޭނުންތްކަށް 43 ކޯލް ގައިދިން ބޭނުން ކޮށްފައިވެއެވެ.

އަދި މާލެ ޖަލުގައި 384 ކޯލް ކުރެވިފައިވާއިރު އެ ހުރިހާ ވޮއިސް ކޯލެއްވެސް ކޮށްފައިވަނީ އައިލީ ބައްދަލު ވުމުގެ ގޮތުގައެވެ. އަދި 19 ވީޑިއޯ ކޯލްގެ ފުރުސަތު ގެ ތެރެއިން 6 ކޯލް އާއިލީ ބައްދަލުވުންތަކަށް އަދި 13 ކޯލް ލޯޔަރުންގެ ބައްދަލުވުންތަކަށް ނަގާފައިވެއެވެ.

މީގެ އިތުރުން އައްސޭރި ޖަލުގައި 266 ކޯލް ގެ ފުރުސަތު ދީފައިވާއިރު އެ ހުރިހާ ކޯލްއެއްވެސް ނަގާފައިވަނީ އާއިލީ ބައްދަލުވުންތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް