ads
ކިއާރާ އާއި ވަރުން
ވަރުން އާއި ކިއާރާ ކަރަންގެ އާ ފިލްމަކުން!
ވަރުން ދާވަން އާއި ކިއާރާ އަދްވާނީ ކަރަން ޖޯހަރުގެ އާ ފިލްމަކުން ފެނިގެންދާނެ ކަމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ.

އީޓައިމްސް ނޫހުގައި ވާގޮތުން އެ ނޫހަށް މައުލޫމާތު ދިން މީހަކު ވަނީ ކަރަން ޖޯހަރު އޭނާ ކައިރީ ވަރުން އާއި ކިއާރާއާ އެކު އާ ފިލްމެއްގެ މަސައްކަތް ކުރަން އުޅޭ ކަމުގެ ވާހަކަ ބުނެފަ އެވެ.

އެގޮތިން މި ދެތަރިން ކަރަންގެ ދަރްމާ ޕްރޮޑަކްޝަން އޮފީހުން ދާދިފަހުން ފެނިފައި ވާއިރު، އީޓައިމްސް އަށް މައުލޫމާތު ދިން މީހާ ވަނީ އެއީ ކޮމެޑީ ފިލްމެއް ކަމަށް ވެސް ބުނެފަ އެވެ. 

ފިލްމުގެ މަސައްކަތް ކުރިއަށް ގޮސްފި ނަމަ މިއަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރުގައި މުމްބާއީއަށް ރިލީސް ކުރާނެ ކަމަށް އެ ނޫހުން ބުނެ އެވެ. އަދި އެ ނޫހުގައި ވާގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ވެސް ވަނީ މިހާރު ނިމިފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ވަރުންގެ ފަހުގެ ފިލްމު ކޫލީ ނަންބަރު 01 ރިލީސް ކުރުން ލަސްވެފައި ވާއިރު، ބެލުންތެރިން ވަނީ ފިލްމު ރިލީސް ކުރާނެ ދުވަހަކަށް ކެންމަދުވެފަ އެވެ. 

ވަރުން ބެލުންތެރިންގެ ތެރެއަށް އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 2012 ވަނަ އަހަރު ރިލީސް ކުރި ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާ އިން ނެވެ. އޭގެ ފަހުން އެނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް