ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 129 އަށް އަރައިފި
މިއަދު ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު 129 އަށް އަރާފައިވާކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެޗްއީއޯސީއިން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ބައްޔަށް ޕޮޒިޓީވްވި މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 129 މީހުންގެ ތެރޭގައި ހިމެނެނީ، 93 ދިވެހިންނާއި 26 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ 9 މީހަކާއި ނޭޕާލްގެ ރައްޔިތެކެވެ.

ކޮވިޑަށް 129 މީހުން ޕޮޒިޓިވްވި އިރު އިއްޔެ ޕޮޒިޓީވްވި މީހުންގެ އަދަދަކީ 89 އެވެ. ހުކުރު ދުވަހު ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 86 އެވެ. 

މިހާތަނަށް ޖުމްލަ 4898 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން ވަނީ 19 މީހަކު މަރުވެފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިއަދު 37 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށެވެ. މިވަގުތު ނުވަ މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާކަމަށާއި އޭގެ ތެރެއިން  ޑީއެޗް 11 ގައި ދެ މީހުން. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހަތް މީހަކަށް ފަރުވާދެމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް