އަބީޝޭކް ކުރި ޓްވީޓެއްގައި ބުނީ އިއްޔެ މެންދުރު ފަހު އޭނާ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި އާއިލާއާއި ސަޕޯޓަރުންގެ ފަރާތުން ކުރި ދުއާއަށް ޝުކުރު އަދާކުރާ ކަމަށް ވަނީ ބުނެފަ އެވެ.
މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުން އިއްޔެ އިރުއޮއްސުނުހާއިރު އަބީޝޭކް ދޫކޮށްލާފައިވާއިރު އޭނާ ވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންއި ނަރުހުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
މީގެ މަހެއްހާ ދުވަސްކުރިން އަބީޝޭކްއާއެކު އޭނާގެ ބައްޕަ، އަމީތާބު ބައްޗަން ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެކަމަކު މީގެ ހަފުތާއެއް ކުރިން ބައްޔަށް ނެގެޓިވްވެ އަމީތާބު ވަނީ ގެއަށް ދޫކޮށްލާފަ އެވެ.
އަބީޝޭކްގެ އަންހެނުންނާއި ދަރިފުޅު ވެސް ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެމީހުންް ވަނީ ބަލިން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.